ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އިސްކަންދޭ ދާއިރާ
"އިސްކަންދޭ ދާއިރާ" ކަމަށް ބުނެފައިއެވަނީ، ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާއާއި، ވިޔަފާރިކުރާ ފަރާތްތައް ހިމެނޭ ގޮތަށެވެ.
އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތްތައް
"އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތްތައް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި މަދުކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރެވޭ ތަކެތި އިތުރުކުރުމަށް ތަކެތި އުފެއްދުމަށެވެ. މީޣެ ތެރޭގައި ހިދުމަތެއް ނުހިމެނޭނެއެވެ.
އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމް
"އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ވީޑިއޯ ނުވަތަ ފޮޓޯ މެދުވެރިކޮށް އުޅަނދުގައި ހިނގަމުންދާ މަސްވެރިކަމުގެ ހަރަކާތްތައް ވަގުތުން ރިކޯޑުކުރާ ނިޒާމަކަށެވެ.
އިލެކްށަންސް ކޮމިށަން
"އިލެކްށަންސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރާ އިލެކްށަންސް ކޮމިށަނަށެވެ.
އިތުރު ކުށެއް ކުރުން
"އިތުރު ކުށެއް ކުރުން" ކަމަށް ބުނެފައިއެވަނީ އެކަށީގެންވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ޖިނާއި ތަހުގީގުކުރާ އިދާރާއަކުން ޖިނާއީ ކުށެއްގެ ތުހުމަތު ކުރުމަށެވެ.
އިމްޕޯޓްކުރުން
އިމްޕޯޓްކުރުން ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ކަސްޓަމްސްއިން ކްލިއަރކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރާ އެތެރެކުރުމަށެވެ.
އިމިގްރޭށަން އޮފިސަރުން
"އިމިގްރޭށަން އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރާގައި، ނުވަތަ އެހެންވެސް ސަރުކާރުގެ އިދާރާއެއްގައި، މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށް ހާއްސަކުރެވޭ މުވައްޒަފުންނަށެވެ."އިމިގްރޭށަންގެ އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ކަނޑުގެ ބަނދަރެއްގައި ނުވަތަ ވައިގެ ބަނދަރެއްގައި، އިމިގްރޭށަން އޮފިސަރުން މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން އެމީހުންނަށް ކުރެވޭނެގޮތަށް ގާއިމުކުރެވޭ ވަސީލަތްތަކަށެވެ.
އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް
އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބިލްޑިންގ ޕްރެކްޓިށަނަރުންނާއި، އިމާރާތްކުރާ ފަރާތްތަކާއި، ބިލްޑިންގ އިންސްޕެކްޓަރުންނާއި، އިމާރާތްކުރުމުގެ މަސައްކަތް ސުޕަވައިޒްކުރާ ފަރާތްތަކާއި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް ހިމެނޭގޮތުންނެވެ.
އިމާރާތްކުރުމުގެ މަސައްކަތް ބެލުން
"އިމާރާތްކުރުމުގެ މަސައްކަތް ބެލުން" ކަމަށް ބުނެފައިއެވަނީ:
ޢިމާރާތް ފަރުމާކުރެވިފައިވާ ގޮތް ބަލައި، ހެދިފައިވާ ކުރެހުމާއި، ލިޔުންތައް ބެލުމަށް؛ ނުވަތަ
ޢިމާރާތްކޮށްފައިވާގޮތް ބެލުމަށް؛ ނުވަތަ
ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވަނީ، ހުއްދަދެވިފައިވާ ކުރެހުމާ އެއްގޮތަށްތޯ ބެލުމަށެވެ.
އިމާރާތްކުރުމުގެ މަސައްކަތް
"އިމާރާތްކުރުމުގެ މަސައްކަތް" ކަމަށް ބުނެފައިއެވަނީ
ޢިމާރާތް ބިނާކުރުމަށް ނުވަތަ ޢިމާރާތަށް ބައެއް އިތުރުކުރުމަށް ނުވަތަ ޢިމާރާތެއް ތަޅާލުމަށް؛ ނުވަތަ
ޢިމާރާތަކަށް ބަދަލެއް ގަނައުމަށް ނުވަތަ ޢިމާރާތަށް ބައެއް އިތުރުކުރުމަށް ނުވަތަ ޢިމާރާތެއް މަރާމާތުކުރުމަށް؛ ނުވަތަ
ޢިމާރާތެއްގައިވާ ނުވަތަ ޢިމާރާތަކާ ގުޅިފައިވާ އެއަރކޮންޑިށަނިންގ ސިސްޓަމެއް ނުވަތަ ވެންޓިލޭޓިންގ ސިސްޓަމެއް ހަރުކުރުމަށް ނުވަތަ އިތުރުކުރުމަށް ނުވަތަ ބަދަލުކުރުމަށް؛ އަދި މި އަކުރުގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ މަސައްކަތްތައް ކުރުމަށް ސައިޓު ތައްޔާރުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައްވެސް ހިމެނޭގޮތުންނެވެ.ސައިޓު ތައްޔާރުކުރުމުގެ ގޮތުން ޢިކުރެވޭ މަސައްކަތްތައްވެސް ހިމެނޭގޮތުންނެވެ.
އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާ
"އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާ" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ މަސައްކަތްތަކަށް ހުއްދަދިނުމާއި، އެ މަސައްކަތްތައް ބެލުމާއި، ކަމާގުޅޭ އެކިއެކި މައްސަލަތައް ބެލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ހުއްދަދީފައިވާ އިދާރާއަށެވެ.
އިމާރާތްކުރުމުގެ ހުއްދަ
"އިމާރާތްކުރުމުގެ ހުއްދަ" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 4/2017) ގެ 24 ވަނަ މާއްދާގައިވާ ޢިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން، ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ދޫކުރާ ހުއްދައަށެވެ.
އިމާރާތްކުރުން
"އިމާރާތްކުރުން" ކަމަށް ބުނެފައިއެވަނީ، ބިނާވެށީގައި ހިމެނޭ ޢިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމެވެ. ބިނާވެށީގައި ހިމެނެނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓު އަދި ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.
ކޮންޓްރެކްޓަރ
"ކޮންޓްރެކްޓަރ" ނުވަތަ "އިމާރާތްކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ ޢިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ. ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛ ޢިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ ޢަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛ ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއް ކަމުގައިވާ ހާލަތުގައި: (i) އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ ޢަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛ (ii) އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް. ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛ ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.
އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރ
"އިމާރާތްކުރާ ފަރާތް" ނުވަތަ "ކޮންޓްރެކްޓަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ ޢިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.
ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛
ޢިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ ޢަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛
ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއް ކަމުގައިވާ ހާލަތުގައި:
(i) އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ ޢަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛
(ii) އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް.
ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛
ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.