ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު
"ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ނަރުދަމާގެ ނިޒާމުން ބޭރުވާ ނަޖިހާއި ނަޖިސްފެން އެއްވެސް ތަނަކަށް ބޭރުކުރުމުން އެތަނުގެ ތިމާވެއްޓަށް ނުވަތަ ދިރުމަކަށް ގެއްލުން ނުވާ މިންވަރަކަށް ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަށެވެ.
ނަޖިހާއި ނަޖިސްފެން
"ނަޖިހާއި ނަޖިސްފެން" ކަމަށް ބުނެފައި އެވަނީ، ފާހާނާތަކުންނާއި ބަދިގޭންނާއި އަތްދޮންނަ ތަށްޓާއި ދޮންނަމެޝިންފަދަ ތަކެތިން ބޭރުކުރާ ފެނަށެވެ.
ނަރުދަމާގެ ހިދުމަތް
"ނަރުދަމާގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ތަންތަނުންނާއި އެނޫންވެސް ތަންތަނުން އުފެދޭ ނަޖިހާއި، ނަޖިސްފެނާއި، ތަޣައްޔަރުވެފައިވާ ދިޔާ އެއްޗެހި ހޮޅި ލައިންއެއްގެ ޒަރީއާއިން ނުވަތަ އެނޫންވެސް ގޮތަކަށް ޖަމާކޮށް، ޓްރީޓްކޮށް މެނޭޖްކުރުމުގެ ހިދުމަތަށެވެ.
ފެނުގެ ވަސީލަތްތައް
"ފެނުގެ ވަސީލަތްތައް" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ދިވެހިރާއްޖޭގައި ހުރި ފެނުގެ ބާވަތްތަކަށެވެ.
ނަރުދަމާގެ ނިޒާމު
"ނަރުދަމާގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ގޭގޭގެ ފާހާނާތަކުން ބޭރުވާ ނަރުދަމާގެ ހޮޅިން ފެށިގެން، ނަޖިހާއި ނަޖިސްފެން އެއްކޮށް އެއްތަނަކަށް ގެންދިޔުމަށްޓަކައި ގާއިމުކުރެވިފައިވާ ނަރުދަމާގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭ ގޮތުންނެވެ.
މީރުފެން އުފައްދާ ޕްލާންޓް
"މީރުފެން އުފައްދާ ޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ލޮނުފެން ނުވަތަ ފެނުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ފެން އުފައްދާ ނުވަތަ ސާފުކޮށްދޭ ނިޒާމަށެވެ. މީރުފެން އުފައްދާ ނިޒާމުކަމަށް ބަލާނީ އެ ނިޒާމަށް ފެން ނަގާ ހިސާބުން ފެށިގެން ސާފު ފެން އުފެއްދުމާ ހަމައަށް އެކުލެވޭ އެންމެހައި ތަކެއްޗާއި ބައިތައް ހިމެނޭގޮތުންނެވެ.
އިސް މެނޭޖްމަންޓް (ދައުލަތުގެ މީޑިޔާއާޢި ގުޅޭ)
"އިސް މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރެއިން، ޕަބްލިކް ސަރވިސް މީޑިއާގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމުގެ ބާރާއި އިހްތިޔާރު ހަވާލުކުރެވޭ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށެވެ.
ޕްރިންޓް މީޑިއާ
"ޕްރިންޓް މީޑިއާ" ކަމަށް ބުނެފައި އެވަނީ، ކަރުދާހުގައި ޗާޕުކުރެވިގެން ފޮތްފޮތާއި، ނޫސް މަޖައްލާ، ޖަރނަލް ފަދަ އުފެއްދުންތަކުގެ ގޮތުގައި ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތަކަށެވެ.
ސްޕޮންސަރކުރުން
"ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، މީޑިއާގެ އެއްވެސް ބާވަތެއްގެ ހިދުމަތެއް ދިނުމުގައި ނޫޅޭ ފަރުދަކު ނުވަތަ ކުންފުންޏަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން، ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމަކަށް މާލީ އެހީ ފޯރުކޮށްދިނުމަށެވެ. އަދި އެފަރާތުގެ ނަން ނުވަތަ ބްރޭންޑް ނުވަތަ ޓްރޭޑްމާކް ނުވަތަ ށަހްސިއްޔަތު ކުރިއަށް ނެރެ އިށްތިހާރުކޮށް މީހުންގެ ށައުގުވެރިކަން އެއާމެދު އުފެއްދުމުގެ މަގްސަދުގައި ދޭ މާލީ އެހީތެރިކަމަށެވެ.

އިށްތިހާރުކުރުން (މީޑިޔާއާއި ގުޅޭ)
"އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށްޓަކައި ނުވަތަ ކުއްޔަށް ދޫކުރުމަށްޓަކައި، ނުވަތަ އެ މުދަލަކާމެދު ނުވަތަ އެ ހިދުމަތަކާމެދު ށައުގުވެރިކަން އިތުރުކުރުމަށްޓަކައި، އާންމުކޮށް ކުރެވޭ އިއުލާނަށެވެ. އިށްތިހާރުކުރާ ފަރާތުން ބޭނުންވާ ބަދަލެއް، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން މުޖްތަމައުގެ ވިސްނުމަށް ގެނައުމަށްޓަކައި، އާންމުކުރާ ފިކުރު ނުވަތަ ކުރިއަށް ނެރޭ ވިސްނުމަށެވެ. އަދި އެކަން ކުރުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމެއްގެ ތެރެއިން ވަގުތެއް ނުވަތަ ޖާގައެއް އޭގެ މުގާބިލުގައި އަގުދޭގޮތަށް ނުވަތަ އެއްޗެއް ލިބިދޭގޮތަށް ހޯދައިގެން ކުރާ އިއުލާނަށެވެ. އަދި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ކަމެއްގެ ވިސްނުން ކުރިއެރުވުމަށްޓަކައި ކުރާ އިއުލާނާއި ހުށަހަޅާ ހުށަހެޅުންވެސް އިށްތިހާރުކުރުމުގެ މާނައިގައި ހިމެނެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ
"ޕަބްލިކް ސަރވިސް މީޑިއާ" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ގާނޫނު ނަންބަރު 9/2015) އާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ދިނުމަށްޓަކައި ހިންގާ ކުންފުންޏަށެވެ.
ޖަލަށް ވެއްދުން މަނާ އެއްޗެހި
"ޖަލަށް ވެއްދުން މަނާ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 3/2015 (ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެ މީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު) ގެ 16 ވަނަ މާއްދާގައި ޖަލަށް ވެއްދުން މަނާ އެއްޗެއް ކަމުގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.
ޖަލު އޮފިސަރުން
"ޖަލު އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ރިމާންޑް ޖަލެއްގައި ނުވަތަ އާންމު ޖަލެއްގައި، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން އެ ޖަލެއްގައި މަސައްކަތްކުރަން އައްޔަނު ކޮށްފައިވާ މުވައްޒަފަކަށެވެ.
ބަންދުކޮށްފައިވާ މީހުން
"ބަންދުކޮށްފައިވާ މީހުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށެވެ.