ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޑޮކްޓްރިން އޮފް ކޮންސްޓްރަކްޓިވް ޕްރެސެންސް
"ޑޮކްޓްރިން އޮފް ކޮންސްޓްރަކްޓިވް ޕްރެސެންސް" ކަމަށް ބުނެފައި އެވަނީ އައްސޭރިފަށުގެ ގައުމެއް (ކޯސްޓަލް ސްޓޭޓް) ގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުން ބޭރުގައި އޮތް ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ހަރަކާތްތެރިވަމުންދަނީ، އެ އައްސޭރިފަށުގެ ގައުމުގެ އުޅަނދަކާ ނުވަތަ މަތިންދާ ބޯޓަކާ ގުޅިގެން ކަމުގައިވާނަމަ، ބޭރު ގައުމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ މައްޗަށް އެ އައްސޭރިފަށުގެ ގައުމުގެ ގާނޫނީ ބާރު ހިންގުމުގެ ހަމައަށެވެ.
ހޮޓް ޕަރސޫޓް
"ހޮޓް ޕަރސޫޓް" ކަމަށް ބުނެފައި އެވަނީ، ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ހިފެހެއްޓުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތަކުން ކުށުގެ ތުހުމަތުކުރެވޭ ފަރާތް ނުވަތަ ފަރާތްތައް ފަހައި ދުއްވުމަށެވެ.
އިކޯސިސްޓަމްގެ ޖެނެޓިކް ޑައިވަރސިޓީ
"އިކޯސިސްޓަމްގެ ޖެނެޓިކް ޑައިވަރސިޓީ" ކަމަށް ބުނެފައި އެވަނީ، މާހައުލީ ނިޒާމުގައިވާ ދިރުންތަކުގައި ޖެނެޓިކް ނުވަތަ ޖީންތަކުގެ ސިންދަފާތުކަމަށެވެ.
އިކޯސިސްޓަމް އެޕްރޯޗް
"އިކޯސިސްޓަމް އެޕްރޯޗް" ކަމަށް ބުނެފައި އެވަނީ، ގުޅިލާމެހިފައިވާ ރާވައި، ހިންގައި އަދި ބެލެހެއްޓުމުގެ ނިޒާމެއްގެ ތެރެއިން އައްސޭރިފަށާއި ކަނޑުގެ ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތައް އަދި މާހައުލީ ނިޒާމު ރައްކާތެރިކޮށް އެ ވަސީލަތްތަކުގެ ދެމެހެއްޓެނި ބޭނުން ހިފުމަށެވެ.
ފްލެގް ސްޓޭޓް
"ފްލެގް ސްޓޭޓް" ކަމަށް ބުނެފައި އެވަނީ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމަށެވެ.
ޕޯޓް ސްޓޭޓް
"ޕޯޓް ސްޓޭޓް" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ބަނދަރުގެ ހިދުމަތް ފޯރުކޮށްދޭ ނުވަތަ އެ އުޅަނދެއްގެ އެ ވަގުތަކު ބަނދަރުވެފައިވާ ގައުމަށެވެ
ޕްރިކޯށަނަރީ އެޕްރޯޗް
"ޕްރިކޯށަނަރީ އެޕްރޯޗް" ކަމަށް ބުނެފައި އެވަނީ، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދާފައިވާ ފުރިހަމަ މައުލޫމާތު ނެތް ހާލަތުގައި ނުވަތަ ވަކި ކަމެއް ޔަގީންކުރެވިފައިނުވާ ހިނދުގައި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައި، ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށް ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އެޅުމަށެވެ.
ޕްރިކޯށަނަރީ
"ޕްރިކޯށަނަރީ" ކަމަށް ބުނެފައި އެވަނީ، ކަމަކާގުޅޭ ފުރިހަމަ ސާފު މައުލޫމާތު ނެތި، އެ ކަމެއް ބޭނުންވާ ގޮތް ނޫން ގޮތަކަށް ހިނގާފާނެކަމަށްޓަކައި ކުރާ ކަންތަކަށެވެ.
އޮފްށޯރ ޕްލެޓްފޯމް
"އޮފްށޯރ ޕްލެޓްފޯމް" ކަމަށް ބުނެފައި އެވަނީ، މަސްވެރިންގެ އަތުން މަސް ގަތުމަށް، ނުވަތަ މަސް ޕްރޮސެސްކުރުމަށް ނުވަތަ މަސްވެރިކަންކުރާ އުޅަނދުފަހަރަކަށް ބޭނުންވާ އެހެންވެސް ހިދުމަތެއް ދިނުމަށްޓަކައި އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައިވާ ކަނޑުގެ ސަރަހައްދުގައި ގާއިމުކުރާ ވަސީލަތަށެވެ.
އައިސްޕްލާންޓް
"އައިސްޕްލާންޓް" ކަމަށް ބުނެފައި އެވަނީ، މަސް ރައްކާތެރިކޮށް ތާޒާކަންމަތީ ބެހެއްޓުމަށްޓަކައި ބޭނުންވާ އައިސް ތައްޔާރުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ށަރުތު ފުރިހަމަވާ ތަންތަނަށެވެ.
މަސް ޕްރޮސެސްކުރުން
"މަސް ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަކަށްޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.
ކުށް
"ކުށް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ، އިދާރީ ކުށްތަކަށެވެ.
ސަރަހައްދު
"ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށެވެ.
ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުން
"ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، މީހުންނަށް އެމީހުންގެ އިޖްތިމާއީ، އިގްތިސާދީ އަދި ސަގާފީ ދުޅަހެޔޮކަން ލިއްބައިދިނުމަށްޓަކައި، ތިރީގައިވާ ކަންކަން ކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބަލަހައްޓައި، ބޭނުންކޮށް، އިތުރުކޮށް އަދި ތަރައްގީކުރުމަށެވެ.
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން
"އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، ބާނާ ނުވަތަ ހިފާ މަހަކީ މަސް ބާނާ ފަރާތް ނުވަތަ ފަރާތްތަކުގެ އާއިލާއިން ސީދާ ކެއުމަށް މަސް ބޭނުންކުރާ، އަދި އަމިއްލަ ގޮތުން ނުވަތަ މެދުވެރިއެއް މެދުވެރިކޮށްނަމަވެސް ވިޔަފާރީގެ ނުވަތަ އުފެއްދުންތެރިކަމުގެ އެއްވެސް ބޭނުމަކަށް އެ މަސްވެރިކަމުން ބާނާ މަސް ވިއްކާ ނުލާ މަސްވެރިކަމަށެވެ.