ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ކުށުގެ ތުހުމަތުގައިވާ މީހާ
"ކުށުގެ ތުހުމަތުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެމީހަކާ ދެކޮޅަށް މި ގާނޫނުގެ ދަށުން އެ ވަގުތަކު ތަހްގީގު ހިންގެމުންދާ، ނުވަތަ ހިންގުމަށްފަހު އެ ވަގުތަކާ ހަމައަށް އެ ކުށުގެ ދައުވާ އުފުލިފައިނުވާ މީހާއަށެވެ. މީގެ ތެރޭގައި، އެމީހެއްގެ މައްޗަށް ތަހްގީގު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމޭ މީހާއަކީ ކުށުގެ ތުހުމަތުގައިވާ މީހެއްކަމަށް ބަލައިގެންނުވާނެއެވެ.
ހުކުމްކުރުން (ޖިނާއީ)
"ހުކުމްކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ޖިނާއީ ދައުވާއެއްގެ ށަރީއަތް ހިންގުމަށްފަހު، ނުވަތަ އެފަދަ މައްސަލައެއް އަވަސް ނިޔާއިން ބެލުމަށްފަހު، އެ ދައުވާގައި ބަޔާންކުރާ ކުށް، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކަމަށް ނުވަތަ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ނުވަތަ ދައުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކަމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 12/2016) ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ކުރާ ހުކުމަށެވެ.
ފެންފަށަލަ
"ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން ރަށުގެ ބިމުގެ އަޑީގައި އެފެދިފައިވާ މީރު ފެނުގެ ފަށަލައަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ، ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.
ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ބޭރުކުރުން" ނުވަތަ "ފެން ބޭރުކުރުން"
"ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ބޭރުކުރުން" ނުވަތަ "ފެން ބޭރުކުރުން" ކަމަށް ބުނެފައި އެވަނީ، ޕަމްޕެއް ފަދަ ވަސީލަތެއް ބޭނުންކޮށްގެން އިމާރާތްކުރުމުގެ ބޭނުމަށް ނުވަތަ ސިނާއީ އެހެން ބޭނުމެއް ފުއްދުމަށްޓަކައި ބިމުން ފެން ނަގައިގެން، މޫދަށް ނުވަތަ އެހެން ތާކަށް އެ ފެން ބޭރުކުރުމަށެވެ.
ވަޅުދިޔަ ހިއްކުން
"ވަޅުދިޔަ ހިއްކުން" ކަމަށް ބުނެފައި އެވަނީ، ފަރުދީ ބޭނުންތަކަށް ބަހައްޓައިފައި ހުންނަ ފެންވަޅު ސާފުކުރުމުގެ ގޮތުން ދިޔަހިއްކުމަށެވެ. މީގެ ތެރޭގައި، ވަޅެއް ބަހައްޓައިގެން ޕަމްޕު މެދުވެރިކޮށް ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމެއް ނުހިމެނޭނެއެވެ.
ފެން ބޭރުކުރުން ނުވަތަ "ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ބޭރުކުރުން"
"ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ބޭރުކުރުން" ކަމަށް ބުނެފައި އެވަނީ، ޕަމްޕެއް ފަދަ ވަސީލަތެއް ބޭނުންކޮށްގެން އިމާރާތްކުރުމުގެ ބޭނުމަށް ނުވަތަ ސިނާއީ އެހެން ބޭނުމެއް ފުއްދުމަށްޓަކައި ބިމުން ފެން ނަގައިގެން، މޫދަށް ނުވަތަ އެހެން ތާކަށް އެ ފެން ބޭރުކުރުމަށެވެ.
ވަޒީފާދޭ ފަރާތް
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރަކާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާއަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ހިދްމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.
މުވައްޒަފު
"މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދްމަތްދޭ މީހާއަށެވެ. އަދި މިބަހުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް، ކުރިން މަސައްކަތް ކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭގޮތަށެވެ.
ހިދުމަތުގެ އަގު
"ހިދުމަތުގެ އަގު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ސިޓީތަކާއި ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ އަތުން ނެގޭ އަގަށެވެ.
ޓްރީޓްކުރުން
"ޓްރީޓްކުރުން" ކަމަށް ބުނެފައި އެވަނީ، ފެނުގައި އެކުލެވޭ ރައްކާތެރި ނޫން މާއްދާތައް، ކަނޑައެޅޭ ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަށް އެކަށީގެންވާ މިންވަރަށް ސާފުކުރުމަށެވެ.
ސިނާއީ ބޭނުން
"ސިނާއީ ބޭނުން" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ނަފާއެއް ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.
ފެން އުފެއްދުން
"ފެން އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ލޮނުފެން، ވާރޭފެން ނުވަތަ ބިމުގެ އަޑިން ފެން ނަގައިގެން ޓެކްނޮލޮޖީގެ އެހީގައި، ބުއިމަށާއި، އާންމު ބޭނުންތަކަށް ފެން އުފެއްދުމަށެވެ.
ބޯފެން
"ބޯފެން" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް އެކަށީގެންވާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމަށް އޮތޯރިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭ ފެނަށެވެ.
ތައައްޔަރުކުރުން
"ތައައްޔަރުކުރުން" ކަމަށް ބުނެފައި އެވަނީ، ހިދުމަތްދޭ ފަރާތުން ދޫކުރާ ފެނުގެ ފިޒިކަލް، ކެމިކަލް އަދި ބަޔޮލޮޖިކަލް ސިފަތަކަށް ބަދަލެއް ގެނެސް ފެން ގަޑުބަޑުކޮށް، އޭގެ ސަބަބުން އިންސާނުން ނުވަތަ ޖަނަވާރުން ނުވަތަ ގަސްގަހާގެހީގެ ދުޅަހެޔޮ ކަމަށް އެފެން ބޭނުންކުރުމުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކޮންމެ ބާވަތެއްގެ ބަދަލަކަށެވެ.
މީރު ފެންފަށަލަ
"މީރު ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ރަށުގެ ބިމުގެ އަޑީގައި އުފެދިފައިވާ ފެނަށެވެ؛ ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.