-

ގާނޫނު

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ދުވަހާ ހަމައަށް ދިވެހިރާއްޖޭގައި ހިނގަމުން އައިސްފައިވާ ރައްޔިތުންގެ މަޖިލީހުންނާއި ރައްޔިތުންގެ އާއްސަ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކޮށްފައިވާ ގާނޫނު ތަކަށާއި، އަދި އެ ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ހަދާފައިވާ ގަވާއިދުތަކަށާއި، ސަރުކާރުން އެމައްޗަށް އަމަލު ކުރުމުން އައިސްފައިވާ އުސޫލު ތަކަށެވެ. އަދި މި ގާނޫނުއަސާސީއަށް އަމަލުކުރަންފަށާ ދުވަހުގެ ފަހުން، ރައްޔިތުންގެ މަޖިލީހުންނާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ގާނޫނުތަކަށާއި، އެ ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ހަދާ އިވާއިދުތަކަށާއި، ސަރުކާރުން އެމައްޗަށް އަމަލުކުރެވޭ އުސޫލުތަކަށެވެ. އަދި މި ގާނޫނުއަސާސީގައި "ގާނޫނު" ބޭނުންކޮށްފައި އެވަނީ، ކީރިތި ގުރްއާނާއި، މާތްރަސޫލާގެ ސުންނަތުން ކަނޑައެޅިފައިވާ ށަރީއަތުގެ އުސޫލުތަކާއި، އެ ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައްވެސް ހިމެނޭ ގޮތަށެވެ.