ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ގޮވާތަކެތި
"ގޮވާތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކޮށްފައިވާ ނުވަތަ އެ ބޭނުންކުރުމަށް ޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދައިފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް މާއްދާތައް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތުން، އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.
ފަނާކުރަނިވި މާއްދާ
"ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާތަކެއްޗަށާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗަށެވެ. އޭގެ ތެރޭގައި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދައިފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް މާއްދާތައް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.
ސެކިއުރިޓީ ކްލިއަރަންސް
"ސެކިއުރިޓީ ކްލިއަރަންސް" ކަމަށް ބުނެފައި އެވަނީ، އިންޓެލިޖެންސް މަސައްކަތްކުރާ މުވައްޒަފުގެ ފުރިހަމަ ބެކްގްރައުންޑް އެސެސްމަންޓެއް ހެދުމަށްފަހު، އަދި އެ ފަރާތުގެ ކުށުގެ ރިކޯޑު ޗެކްކުރުމަށްފަހު، ސިއްރު މައުލޫމާތަށް ވާސިލުވުމަށާއި ގެންގުޅުމަށް ދެވޭ ހުއްދައަށެވެ.
ސިޔާސީ ސަރަހައްދު
"ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ބޭރު ކަނޑުތޮށިން ފެށިގެން 12 މޭލުގެތެރޭގައިވާ ޖަޒީރާތަކާއި، އަދި އެ ޖަޒީރާތަކާ ގުޅިފައިވާ ކަނޑާއި ވަޔާއި، ހުރިހާ ތަނެކެވެ.
ދައުލަތް ހިންގާ މަޖިލީސް
"ދައުލަތް ހިންގާ މަޖިލީސް" ކަމަށް ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާ މަރުވެގެން، ނުވަތަ އިސްތިއުފާ ދީގެން، ނުވަތަ މަގާމުން ދުރުކުރެވިގެން، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކޮށް، އޭނާ އެމަގާމާ ހަވާލުވަންދެން، ވަގުތީގޮތުން ރަައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރާ ދައުލަތް ހިންގާނެ ތިންމީހުގެ މައްޗަށް އެކުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބުކޮށް، ދައުލަތް ހިންގާ މަޖިލީހަށެވެ. އެމަޖިލީހުގެ ކޮންމެ މެންބަރަކީ، ވަޒީރުންގައި ހުރުން ލާޒިމު ސިފަތައްހުރި މީހަކު ކަމުގައި ވާންވާނެއެވެ. އަދި އެ މަޖިލީހުގެ މެންބަރުން މަގާމާ ހަވާލުވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި، މި ގާނޫނު އަސާސީގެ ޖަދުވަލުގެ (ށ) ގައިވާ ހުވާ ކުރުމުންނެވެ.
އެންމެ ބޮޑު ހިޔާނާތް
"އެންމެ ބޮޑު ހިޔާނާތް" ކަމަށް ބުނެފައި އެވަނީ ބާރުގެ ބޭނުންކޮށްގެން، ނުވަތަ ބާރުގެ ބިރު ދައްކައިގެން، ނުވަތަ ގާނޫނުއަސާސީއާ ހިލާފަށް ގާނޫނުއަސާސީ އުވާލުމާއި، އުވާލުމަށް މަސައްކަތް ކުރުމާއި، ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތްކުރުމާއި، މިއިންކަމެއް ރޭވުމާއި، ބައިވެރިވުމާއި، އެހީވެދިނުމާއި އަދި އެއިންކަމެއް އެނގިހުރެ ނާންގާ ހުރުމަށެވެ.
ދިވެހި ދައުލަތް
"ދިވެހި ދައުލަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން އުފެދިފައިވާ، ދައުލަތް ހިންގުމުގެ އެންމެހާ ބާރުތަކާއި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ދިވެހިރާއްޖޭގެ ސަރަހައްދާއި، މިހުރިހާ ފަރާތެއް ޖުމްލަކޮށެވެ.
ސަރުކާރު ސިއްކަ ނުވަތަ "ސިއްކަ" (ސްޓޭމްޕާއި ގުޅޭ)
"ސަރުކާރު" ސިއްކަ ނުވަތަ "ސިއްކަ" ކަމަށް ބުނެފައި އެވަނީ ކުރީގައިވެސް ސަރުކާރު ޕޯސްޓް، ނުވަތަ އާމްދަނީއާ ބެހިގެން ގެންގުޅޭ އެއްވެސް ބާވަތެއްގެ ސިއްކަ ނުވަތަ ފާހަގައަށެވެ.
އެއްގަން
"އެއްގަން" ކަމަށް ބުނެފައި އެވަނީ، ރަށްރަށާއި، ފިނޮޅާއި، ހުރާ ފަދަ ކަނޑުން ހިކިފައި ހުންނަ ހުރިހާ ތަންތަނަށެވެ.
ޓެކްސް
"ޓެކްސް" ކަމަށް ބުނެފައި އެވަނީ، ދެވޭ ހިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާގުޅިގެން ނަގާ އަގެއް ނުވަތަ ކުއްޔެއް ފިޔަވައި، ހުރިހާ ވައްތަރެއްގެ ޓެކްސާއި ޑިއުޓީއަށެވެ.
އެއްބަސްވުން
"އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ދިވެހިސަރުކާރު ޒިންމާވާންޖެހޭ ހުރިހާ ބާވަތެއްގެ އެއްބަސް ވުމަށެވެ.
އިސްލާމްދީނުގެ އެންމެހާ ށިއާރުތައް ފާޅުކުރުން
"އިސްލާމްދީނުގެ އެންމެހާ ށިއާރުތައް ފާޅުކުރުން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތައް ހިންގައި، އެކަންތައްތައް ކޮށްއުޅުމުގެ މަގުތައް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ކޮށްދިނުމަށެވެ.
ސިއްރު ވޯޓު
"ސިއްރު ވޯޓު" ކަމަށް ބުނެފައި އެވަނީ، ވޯޓުލާ ނުވަތަ ދޭވަގުތު، އެކަކުދޭ ވޯޓުގެ މައްލޫމާތު އަނެކަކަށް ނޭނގޭގޮތަށް ވޯޓުލުމަށް ނުވަތަ ދިނުމަށެވެ.
ރައްޔިތުންގެ އަސާސީ ހައްގު
"ރައްޔިތުންގެ އަސާސީ ހައްގު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ރައްޔިތުންގެ އަސާސީ ހައްގުތަކަށެވެ.
ދުށްމަން
"ދުށްމަން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއްކުރާ ބިދޭސީންނާއި، މިކަމުގައި އެމީހުންނާ ބައިވެރިވާ ދިވެހިންނަށެވެ.