-

ކާރިސާ

"ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނީ ކެރިކުޅަދާނަކަމަށާއި، މާއްދީ ވަސީލަތްތަކަށާއި، އިގްތިސާދީ ވަސީލަތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ. އިތުރު ތަފުސީލު: "ކާރިސާ" މާނަކުރުމުގައި އާންމުކޮށް 3 (ތިނެއް) ކަމަކަށް ބަލަންޖެހެއެވެ. އެއީ މުޖުތަމައެއް ނުރައްކަލަކަށް ހާމަކޮށް ހުޅުވިފައިވާ މިންވަރާއި، ނާޒުކުކަމާއި، ތަހައްމަލް ކުރުމަށް ނުކުޅެދުންތެރިވެފައިވާ މިންވަރެވެ.