-

ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި

"ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި" ކަމުގައި ބުނެފައި އެވަނީ:

  1. ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިގެން، އެ ގާނޫނުގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ހިމާޔަތްކުރާ ދިރޭތަކެތި؛
  2. މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ނުވަތަ އޭގެ ފަހުންވެސް، ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތީގެ ގޮތުގައި، ގާނޫނުން ބާރުލިބިގެން ވަކި މަގުސަދެއްގައި ހިމާޔަތް ކޮށްފައިވާ ދިރުމެއް؛
  3. ދިރޭތަކެއްޗާއި، އެ ތަކެތީގެ ޅައެއްޗެއްސާއި، އޭގެ ބިހާއި، އޭގެ ބައިތަކާއި، އޭގެ ބައިތައް ބޭނުން ކޮށްގެން އުފައްދާ ތަކެތި.