އިދާރީ ބަންދުގެ މަރުކަޒު ނުވަތަ "މަރުކަޒު"
"އިދާރީ ބަންދުގެ މަރުކަޒު" ނުވަތަ "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ހަނގުރާމައަށް ގޮސްފަ އެނބުރި އަންނަ މީހުންނާއި މެދު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2022-06 - އަނބުރާ އަންނަ ހަނގުރާ މަވެރިންގެ މައްޗަށް ހިންގޭ ޚާއްޞަ އިޖުރާއަތު ތަކާބެހޭ ގަވާއިދު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން ވަކިން ބަންދުކުރުމަށްޓަކައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.