ގާނޫނީ ރަދީފު
"ކިތާބީ ހެކި" ކަމަށް ބުނެފައި އެވަނީ، ހުސޫމާތެއް އުފެދިފައިވާ ވާގިއާއެއް ސާބިތުކޮށްދިނުމަށް ށަރީއަތަށް ހުށަހެޅޭ ލިޔުމަށެވެ
"ކާފީ ހެކި" ކަމަށް ބުނެފައި އެވަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބިފައިވާ ހެއްކަށެވެ ނުވަތަ އެ މިންވަރަށް ހެކި ލިބުމަށެވެ.
"ރީ-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާއާ އަލުން ސުވާލުކުރުމަށެވެ ނުވަތަ އެ މަރުހަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
"ރައުޔު" ކަމަށް ބުނެފައި އެވަނީ، ފެންނަންހުރި ކަމެއް ނުވަތަ އެއްޗެއް ތިމާގެ ސިކުނޑިން ވަޒަންކުރުމުން ތިމާއަށް އެއިން ދޭހަވާ ދޭހަވުމަށެވެ އަދި ކުރިމަތީގައިވާ ވާގިއާއެއް ނުވަތަ ވާގިއާތަކެއް ތިމާއަށް ފެނުމުން ނުވަތަ އަޑުއިވުމުން ނުވަތަ ތަޖުރިބާކުރެވުމުން، ތިމާއަށް އެއިން ލިބިގަނެވޭ ދޭހަވެސް ހިމެނޭގޮތުންނެވެ
"ނާދިރުވުމުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކު ވަކި ކަމެއް ކުރީ ދެ ހާލަތެއްގައި ކަމުގައިވެފައި، އެ ދެ ހާލަތުގެ އެއްގޮތްކަމުން ނުވަތަ އެ ދެ ހާލަތުގައި ހިމެނޭ ކަންކަމުގެ އެއްގޮތްކަމުން، އެ ދެ ހާލަތަކީ އިއްތިފާގަކުން ހިނގައިދިޔަ ދެ ހާލަތް ކަމަށް ގަބޫލުކުރުމަކީ ނާދިރު ކަމެއް ކަމަށް ބަލައިގަތުމުގެ އުސޫލަށެވެ
"ނާދިރުވުން" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވުން ގާތްވުމުގެ ނިސްބަތަށެވެ
"ހަބީރުގެ ރައުޔު" ކަމަށް ބުނެފައި އެވަނީ، ވަކި ވާގިއާއަކުން ނުވަތަ ވާގިއާތަކަކުން ނުވަތަ ވަކި ހެއްކަކުން ނުވަތަ ހެކީގައި އެކުލެވިގެންވާ ވަކި ކަމަކުން ރަމްޒުކޮށްދޭ ނުވަތަ ދޭހަކޮށްދޭ މާނަ ނުވަތަ ނަތީޖާ ނުވަތަ އެއިން ދޭހަކޮށްދޭ ކަމެއް ކޯޓަށް ބަޔާންކޮށްދިނުމަށްޓަކައި ކަމުގެ އެކަށީގެންވާ އިލްމު ނުވަތަ ތަމްރީނު ނުވަތަ ތަޖުރިބާ ހުރި މީހަކު ކޯޓަށް ދޭ ރައުޔަށެވެ.
"ހެކިބަސް ދޭ މީހާ" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުވެހުރި މީހާއާއި، ށަރީއަތުގައި ހެކިބަސް ދޭ މީހާއާއި، ށަރީއަތުގައި ހެކިބަސް ދީފައިވާ މީހާއާއި، ށަރީއަތުގައި ހެކިބަސް ދިނުމަށް ހާޒިރުވުމަށް އެންގޭ މީހާ ހިމެނޭގޮތުންނެވެ.
"ހެކިބަސް ނެގުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ށަރީއަތުގައި ސުވާލުކުރެވޭ މަރުހަލާތަކުގައި ސުވާލުކުރެވޭ ކުރުމަށެވެ ނުވަތަ އެގޮތުން ކުރެވޭ ސުވާލަށެވެ
"ހެކިބަސް ދިނުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ށަރީއަތުގައި ސުވާލުކުރެވޭ މަރުހަލާތަކުގައި އެ ސުވާލުތަކަށް ދޭ ޖަވާބަށެވެ ނުވަތަ އެ ސުވާލުތަކަށް ޖަވާބުދެވޭގޮތަށް ހެކިބަސް ދޭ މީހާ ދޭ ބަޔާނަށެވެ.
"ހެކިބަސް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ، ށަރީއަތުގެ މަޖިލީހުގައި، ހުވާކޮށްގެންހުރެ، އަނގަބަހުން ނުވަތަ އިށާރާތުން ދޭ ބަޔާނަށެވެ.
"ހެކި" ކަމަށް ބުނެފައި އެވަނީ، ވަކި ވާގިއާއެއް ވުޖޫދުގައި ވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، މި ގާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ށަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.
"ފައިނޭންސިންގް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އަނބުރާ ދޭގޮތަށް އާންމުންގެ ކިބައިން ހޯދާ ފައިސާއިން ނުވަތަ އެނޫންވެސް ފައިސާއަކުން އާންމުންނަށް ދަރަނި ދޫކުރުމުގެ ނުވަތަ ފައިނޭންސް ލީސްކުރުމުގެ ވިޔަފާރިއަށެވެ. މީގެ ތެރޭގައި، ވިޔަފާރިއަކުން އެ ފަރާތެއްގެ މުދާ ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމެއް ނުހިމެނޭނެއެވެ. އަދި ސަރުކާރުން ކުރާ ދަރަނި ދޫކުރުމުގެ ހަރަކާތްތަކާއި، ކައުންސިލްތަކުން ކުރާ، ދަރަނި ދޫކުރުމުގެ މިފަދަ ވިޔަފާރިއެއް ނުވަތަ ފައިނޭންސް ލީސްކުރުމުގެ ވިޔަފާރިއެއް ވެސް ނުހިމެނޭނެއެވެ.
"ދައުލަތުގެ އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި އޮފީސްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.
"އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި" ތަކުގެ ގޮތުގައި ބެލެވޭނީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.