ގާނޫނީ ރަދީފު
"މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް" ނުވަތަ "މައްސަލަ ބަލާ ފަނޑިޔާރުން" ކަމަށް ބުނެފައި އެވަނީ، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ބަދަލުގައި އެ މައްސަލަ ބެލުމަށް ވަގުތީގޮތުން ހަވާލުވެފައިވާ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށެވެ.
"މައްސަލަ ބަލާ ފަނޑިޔާރުން" ނުވަތަ "މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ބަދަލުގައި އެ މައްސަލަ ބެލުމަށް ވަގުތީގޮތުން ހަވާލުވެފައިވާ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށެވެ.
"ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން" ކަމަށް ބުނެފައި އެވަނީ، ކޯޓުގެ މަރުހަލާތަކުގައި ހަސްމަކު ތަމްސީލުކުރުމަށް އެ ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕަވަރ އޮފް އެޓާރނީއާއި ގަރާރާއި، އެ ނޫންވެސް ލިޔުމަށެވެ.
"ދައުވާ" ކަމަށް ބުނެފައި އެވަނީ، އިސްތިއުނާފު ކުރެވޭ މައްސަލަތަކާއި ފުރަތަމަ މަރްހަލާގައި ހައިކޯޓުން ބަލާ މައްސަލަތަކާއި، ބަލަމުންދާ މައްސަލައަކާއި ގުޅުވައިގެން ހުށަހެޅޭ ރައްދު އިސްތިއުނާފްތަކާއި ތަދައްހުލުވުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ހިމެނޭ ގޮތުންނެވެ.
"ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިން ފެށިގެން މަތީގެ އިދާރީ މަގާމުތައް ފުރާ މީހުންނާއި، އެ ތަނެއްގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ ގުނަވަނުގެ ޑިރެކްޓަރުންނާއި މެންބަރުންގެ ތެރޭގައި ހިމެނޭ މީހުންނަށެވެ.
"ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން" ކަމަށް ބުނެފައި އެވަނީ، ސުޕްރީމް ކޯޓުގެ މަރުހަލާތަކުގައި ހަސްމަކު ތަމްސީލުކުރުމަށް އެ ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާއި ގަރާރާއި، އެ ނޫންވެސް ލިޔުމަށެވެ.
"ރަޖިސްޓްރާ" ކަމަށް ބުނެފައި އެވަނީ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރާ ނެތް ހާލަތެއްގައި ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތައް ވެސްހިމެނޭ ގޮތަށެވެ.
"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެ ތަނެއްގައި މީހުން ހިނގާބިނގާ އުޅޭ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބުމަށް ހުންނަ ތަންތަނާއި، ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، މި ގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅާ އާންމު ތަންތަނަށެވެ.
"ސައިން ބޯޑު" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވަތަ އެއްޗެއް ދޭހަކޮށްދިނުމުގެ ގޮތުން ތަސްވީރެއް، ނުވަތަ ލިޔުމެއް، ނުވަތަ އަކުރެއް ނުވަތަ ނިށާނެއް ބޭނުންކޮށްގެން އެ ކަމެއް ނުވަތަ އެއްޗެއް އަންގައިދިނުމަށް ޓަކައި ހަދައިފައިވާ ބޯޑުތަކަށެވެ.
"ލިމިޓް" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ ދަށުން މަސައްކަތް އެވޯޑު ކުރުމުގައި އެންމެ ގިނަވެގެން ހަވާލުކުރެވޭނެ މިންވަރު ނުވަތަ އަދަދަށެވެ. މި މިންވަރު ނުވަތަ އަދަދުކަނޑައެޅޭނީ، ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑު ކޮށްފައިވާ (ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ވެސް ހިމެނޭގޮތަށް) އެ އުސޫލުގެ 1 ވަނަ މާއްދާގައިވާ ދާއިރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ނިމިފައިހުރި މަސައްކަތްތަކާއި، މަސައްކަތުގެ އެއްބަސްވުން އުވައިލެވިފައިވާ މަސައްކަތްތައް ނުހިމަނައެވެ.
"މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީ.އެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ވަކިވަކި މަސައްކަތްތަކަށެވެ. ނަމަވެސް، އެއް މަށްރޫއެއްގެ ގޮތުގައި އެއް އިއުލާނަކުން ވަކި ރަށެއްގައި ގާއިމުކުރާ މަސައްކަތްތައް ބަލާނީ، އެއް މަސައްކަތެއްގެ ގޮތުގައެވެ.
"އެވޯޑުކުރުން" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޓެންޑަރ ބޯޑުން ބީލަންވެރިއަކަށް މަސައްކަތެއް ހަވާލުކުރަން ނިންމާ ނިންމުމަށެވެ.
"ނިމިފައިހުރި މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޓެންޑަރ ބޯޑުން ވިޔަފާރިތަކަށް އެވޯޑު ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، އެ މަސައްކަތް ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއަކުން އެ މަސައްކަތް ނިންމިކަމުގެ ލިޔުން ދޫކޮށްފައިވާ މަސައްކަތްތަކަށެވެ.
"ހެލްތު ޑިޓަރމިނަންޓްސް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅޭ މާހަ އުލާއި، ސިއްހަތަށް އަސަރުކުރާގޮތަށް މުޖުތަމައުގައި ހުންނަ ކަންތައްތަކަށެވެ. މީގެ ތެރޭގައި، މީހެއްގެ ސިއްހީ ހާލަތަށް އަސަރުކުރާ އިޖުތިމާއީ ކަންތައްތަކާއި، އިގްތިސާދީ ކަންތައްތަކާއި، ތިމާވެށްޓާ ގުޅުންހުރި ކަންތައްތައް ހިމެނެއެވެ.
"ހެލްތު އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނެއްގައި ދޭ ހިދުމަތާބެހޭ ނުވަތަ ހިންގުމާބެހޭ ނުވަތަ ތަނާބެހޭ ނުވަތަ ބަލިމީހުންގެ މައުލޫމާތު، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް އެއްކުރާ ނިޒާމަށެވެ. މި ނިޒާމުގައި، ސިއްހީ ހިދުމަތްދޭ ތަނަކުން މުޖުތަމައާއެކު ދޭ ކޮމިއުނިޓީ ހިދުމަތްތަކުގައި ނުވަތަ މޮބައިލް ހިދުމަތް ފަދަ ހިދުމަތްތަކުގައި ދޭ ނުވަތަ އެއްކުރާ ސިއްހީ މައުލޫމާތު ވެސް ހިމެނޭނެއެވެ.