-

ކެމިކަލް ހަތިޔާރު

"ކެމިކަލް ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ އެއްޗެހި އެކުގައި ނުވަތަ ވަކިވަކިންނެވެ.

  1. މުއާހަދާގެ ދަށުން މަނާކުރެވިފައިނުވާ ބޭނުންތަކަށް، އެ ބޭނުންތަކާ އެކަށީގެންވާ މިންވަރަށް އެކަންކަމަށް ބޭނުންކުރާ އެކަށީގެންވާ ބާވަތްތައް ފިޔަވައި، އެހެނިހެން ވިހަ ކެމިކަލް އަދި އޭގެ ޕްރިކަރސަރތައް؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވިހަ ކެމިކަލުން މީހަކު މަރާލެވޭފަދަ ގޮތަކަށް ނުވަތަ އެނޫންވެސް އަނިޔާއެއް ދެވޭގޮތަކަށް، އެ އެއްޗެއް ބޭނުންކުރުމުން ވިހަ ކެމިކަލް ބޭރުވެގެންދާފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ހަތިޔާރާއި ވަޒަނާއި، އާލާތްތައް؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހަތިޔާރާއި ވަޒަނާއި، އާލާތްތަކާ ސީދާ އެކުގައި ބޭނުންކުރާގޮތަށް ފަރުމާކޮށްފައިވާ އެއްވެސް އެއްޗެއް.