-

ނުރައްކާތެރި ކެމިކަލް

(ކ) "ނުރައްކާތެރި ކެމިކަލް" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-22) ގެ ޖަދުވަލު 1 ،2 އަދި 3 ގައި ބަޔާންކޮށްފައިވާ، އޭގެ ކެމިކަލް އެކްށަންގެ ސަބަބުން ފުރާނައަށް ގެއްލުންލިބިދާނެ ނުވަތަ ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ގެއްލުމެއް އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ކުރިމަތިކުރުވާ ކޮންމެ ކެމިކަލަކަށެވެ. މި މާނައިގައި،އެފަދަ ކެމިކަލެއްގެ އަސްލު ނުވަތަ އުފައްދާ ގޮތް ނުވަތަ އުފައްދާ ފެސިލިޓީ ނުވަތަ އެނޫންވެސް އެ ކެމިކަލް އުފެދޭ ނުވަތަ އުފައްދާތަނަކަށް ނުވަތަ ގޮތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.