ގާނޫނީ ރަދީފު
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
"ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، ކަނޑައެޅިފައިވާ މުއްދަތަކަށް، ގޭގެއާންމު ތަންތަން ބޭނުންކުރެވޭގޮތަށް، ހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން އަސާސީ ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.
"ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭގޮތަށް ކަނޑައެޅޭ ވަކިމުއްދަތަކަށް، ކުލީގެގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެންފަރާތަކަށް ދިނުމަށެވެ.
"ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށްޓަކައި ލިބިދެވޭ ތަނަކަށެވެ.
"ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތެވެ.
"ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ވެރިފަރާތް ނުވަތަ އިމާރާތުގެ ވެރިފަރާތުން ކުއްޔަށްދިނުމުގެ ހުއްދަދީފައިވާ ކޮންމެ ފަރާތެކެވެ.
"ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ މެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށްދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ނުވަތަ އުނި އިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެމަތިންނެވެ.
"ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވެވޭ އަގަކަށް އެއްބަސްވެވޭ މުއްދަތަކަށް ކުއްޔަށްދޭ ތަން ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.
"އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ، މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި،މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ގެންދިޔުމަށް ނުވަތަ ދިޔުމަށް އުފައްދައިފައި ހުންނަ އުޅަނދަށެވެ.
"C2" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން އުފުލޭ ބަރުދަން 2000 (ދެހާސް) ކިލޯ (2 ޓަނު) އިން ފެށިގެން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) ހަމަނުވާ އެއްގަމު އުޅަނދަށެވެ.

"C1" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން އުފުލޭ ބަރުދަން 2000 (ދެހާސް) ކިލޯ (2 ޓަނު) ހަމަނުވާ އެއްގަމު އުޅަނދަށެވެ.
"C0" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން، އުފުލޭ ބަރުދަން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދަށެވެ.
"B2" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 10 (ދިހައެއް) އިން ފެށިގެން 19) ނަވާރަ) މީހުންނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދަށެވެ.
"B1" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 9 (ނުވައެއް) މީހުންނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދަށެވެ.