ގާނޫނީ ރަދީފު
"ސޯށަލް ސަރވިސް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އަނިޔާގެ ށިކާރައަކަށްވާ ފަރާތްތަކަށް ސައިކޯސޯށަލް ސަޕޯޓް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަޒީރު ނުވަތަ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ އިދާރާއަށެވެ.
"ސިއްޙީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކާއި، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލުތަކާއި، އަދި އަމިއްލަ ހޮސްޕިޓަލުތަކަށެވެ.
"ޓްރައުމާ އިންފޯމްޑް ނަޒަރިއްޔާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ ށިކާރައަކަށްވާ ފަރާތަށް ލިބޭ އަނިޔާތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ އަސަރު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.
"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަށެވެ.
"ޖިންސީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުން ކަމަށް ނުވާގޮތަށް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ.
"ކަނޑުމަހުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-139) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށެވެ.
"ޑޭޓާ ބޮއި" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ ބޭނުމަކަށް ނުވާ ގޮތަށް، ތިމާވެށީގެ މައުލޫމާތު އެއްކުރުމަށް ޓަކައި، ސަރުކާރުތަކުންނާއި ސައިންޓިފިކް ދިރާސާކުރާ ޖަމާއަތްތަކުން، އޮޔާދާގޮތަށް ދޫކުރާ ނުވަތަ ހަރުކޮށްފައި ހުންނަ ބޮއިތަކަށެވެ.
"މަސް ރިޕޯޓު" ނުވަތަ "މަސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކޮށްފައި މިނިސްޓްރީއަށް ފޮނުވުމަށް ކަނޑައަޅައިފައިވާ ވަސީލަތަށެވެ.
"އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމު ގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅޭުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
"ވިޔަފާރި ބޭނުމަށް މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ހޯދުމުގެގޮތުން މަސްވެރިކަން ކުރުމަށެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދު ކަމުގައިވާ ގާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެތެރޭގައިވާ ބިމާއި، ޖައްވާއި،ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަހައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ.
"މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި، ތަރައްގީކުރުމާ ގުޅޭ ޕްލ ނަށެވެ.
"ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށް ކުރާ އެންމެހައި ބާވަތެއްގެ މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި، ތަރައްގީކުރުމާ ގުޅޭ ޕްލ ނަށެވެ.
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަޙައްދީ ކަނޑު އަދި ހާއްސަ އިގުތިސާދީ ކަނޑަށެވެ.
"މަސްވެރިކަން ކުރުން" ކަމަށް ބުނެފައި އެވަނީ:
- ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި ބޭނުމަށް މަސް ހޯދުން؛
- މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މަސް މެރުމަށް މަސައްކަތްކުރުން؛
- އެކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
- ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓް ކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
- މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، އިސްވެ ބަޔާންކުރެވުނު (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.