ގާނޫނީ ރަދީފު
”ކޮންޓެއިނަރ“ ކަމުގައި ބުނެފައި އެވަނީ، ތެޔޮ އަޅާފައިހުންނަ ތާނގީ ފަދަ އެއްޗެއްސަށެވެ.
”ޑީ.ސީ.ޕީ. އަލިފާންނިވި“ ކަމުގައި ބުނެފައި އެވަނީ، ޑްރައިކެމިކަލް ޕައުޑަރ އަލިފާންނިވި އަށެވެ.
”އިންސްޕެކްށަން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވި ހުރިތޯއާއި، އެ ހުރީ ބޭނުންކުރެވޭ ހާލަތުގައިތޯ ބެލުމަށް ކުރެވޭ އަވަސް ޗެކެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ އަލިފާންނިވި ހުރީ ރަނގަޅަށް ޗާޖުކޮށް ބޭނުންކުރެވޭ ހާލަތުގައިތޯ ޔަގީންކުރުމެވެ.
”މެއިންޓަނަންސް ކުރުން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވީގެ ފުރިހަމަ ޓެސްޓެއް ހެދުމެވެ. އެއީ ބަހައްޓާފައިވާ އަލިފާންނިވިއަކީ ފުރިހަމައަށް މަސައްކަތްކުރާ ރައްކާތެރި އެއްޗެއްކަން ޔަގީންކޮށް ދިނުމަށެވެ.
”ރީފިލްކުރުން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވީގައި ބޭނުންކޮށްފައި ހުންނަ އަލިފާންނިއްވާ މާއްދާ ބަދަލުކުރުމާއި، ބައެއް ވައްތަރުގެ އަލިފާންނިވީގެ އެތެރޭގައި ޕްރެށަރ ގެނެސްދޭ ކާޓްރިޖް ފިލްކުރުމެވެ.
”އެން.އެފް.ޕީ.އޭ“ ކަމުގައި ބުނެފައި އެވަނީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނޭށަނަލް ފަޔަރ ޕްރޮޓެކްށަން އެސޯސިއޭށަންއަށެވެ.
"ޕަރފޯމިންގ އާޓްސް" ކަމަށް ބުނެފައި އެވަނީ، ލަވައާއި، މިޔުޒިކާއި، ނެށުމާއި، ތަމްސީލްފަދަ ޕަރފޯމިންގ އާޓްސް އެކުލެވޭ ށޯވއަށެވެ.
"ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-12) ގެ 5 ވަނަ މާއްދާގައިވާ ފަންނީ އުފެއްދުމެއްގައި ހުންނަ މަންޒަރު، ނުވަތަ އަޑު، ނުވަތަ މަންޒަރާއި އަޑު، ނުވަތަ ލިޔުމަށެވެ.
"ރީބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ މަރުކަޒަކުން، އެހެން ބައެއްގެ ކޮންޓެންޓް އެއްވެސް އުނިއިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށެވެ.
"ވީޑިއޯ ގޭމް ނުވަތަ އިލެކްޓްރޯނިކް ގޭމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ގޭމްތަކާއި، ސީޑީތައް ނުވަތަ އެހެންވެސް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ތަފާތު ގޭމްތަކަށެވެ.
"އިލެކްޓްރޯނިކް ގޭމް ނުވަތަ ވީޑިއޯ ގޭމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ގޭމްތަކާއި، ސީޑީތައް ނުވަތަ އެހެންވެސް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ތަފާތު ގޭމްތަކަށެވެ.
"ލަވަ" ކަމަށް ބުނެފައި އެވަނީ، މިޔުޒިކުގެ ހަމަޔަށް ފެތޭ، މިޔުޒިކީ ހަމައެއްގެ ރާގަކަށް ކިޔޭގޮތަށް އުފައްދާފައި ހުންނަ އަދަބީ އުފެއްދުންތަކަށެވެ.
"ޅެން" ކަމަށް ބުނެފައި އެވަނީ، ހިތުގައި އުފެދޭ ށުއޫރެއް ނުވަތަ ހިތަށް ވައްދާ ށުއޫރެއް، މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭނެހެން ބައިތުތަކެއްގެ މައްޗަށް އެކުލަވާލައިގެން ފާޅުކުރާ ބަސްތަކަށާއި، ބަންޖާއި، ކާއާއި، އަންބާއާއި، ފަރިހި އަދި ރައިވަރުފަދަ ތަކެއް ޗަށެވެ.
"އަދަބީ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ފޮތާއި، މަޒުމޫނާއި، ވާހަކައާއި، ޅެމާއި، ވަޒަން ބަހުރުވަ (ބަންޖާއި، ފަރިއްސާއި، ރައިވަރާއި، ކާއާއި، އަންބާ ހިމެނޭގޮތުން) އާއި ލަވަފަދަ، ބަސް ބޭނުންކޮށްގެން މާނައެއް ދޭހަވާފަދަ ގޮތަކަށް އުފައްދާފައި ހުންނަ ކޮންމެ ފަންނީ އުފެއްދުމަކަށެވެ.
"ވީޑިއޯ ރެކޯޑިންގ" ކަމަށް ބުނެފައި އެވަނީ، އަޑު ހިމަނައިގެން ނުވަތަ އަޑު ނުހިމަނާ އުފައްދާ، ހަރަކާތްކުރާ ނުވަތަ ހަރަކާތްނުކުރާ މަންޒަރު ހިމެނޭ ހުރިހާ ބާވަތެއްގެ އުފެއްދުންތަކަށެވެ.