ގާނޫނީ ރަދީފު
"އާންމުކުރުން" ކަމަށް ބުނެފައި އެވަނީ، ށާއިއުކުރުމާއި، ރެކޯޑުކޮށްގެން ވިއްކުމާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނުވަތަ ވެބްސްޓްރީމިންގ ހިދުމަތްތައް ހިމެނޭގޮތުން އެކި ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް ފެންނަގޮތަށް، ނުވަތަ ބެލޭގޮތަށް، ނުވަތަ އަޑު އިވޭގޮތަށް، ނުވަތަ ކިޔޭގޮތަށް ބެހެއްޓުމާއި، ދެއްކުމާއި ހުށަހެޅުމަށެވެ.
"ގިންތިކުރުން" ކަމަށް ބުނެފައި އެވަނީ، ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-12) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން، އެ އުފެއްދުމެއް އެންމެ އެކަށީގެންވަނީ ކޮން ގިންތިއަކަށްކަން، އެ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައެޅުމަށެވެ.
"ފިލްމު" ކަމަށް ބުނެފައި އެވަނީ، ފިލްމެއް ނުވަތަ ވީޑިއޯ ރެކޯޑިންގއެއް ނުވަތަ ފަހުން ދެއްކުމަށްޓަކައި ރެކޯޑުކުރެވިފައިވާ ވިށުއަލް މޫވިންގ އިމޭޖްތަކެއްގެ މައްޗަށް އެކުލެވޭ އެނޫންވެސް ރެކޯޑިންގއަށެވެ. އޭގެ ތެރޭގައި، ފިލްމެއްގެ ބައެއް ނުވަތަ ފިލްމެއްގެ ކޮޕީއެއް ނުވަތަ ފިލްމެއްގެ ބައެއްގެ ކޮޕީވެސް ހިމެނެއެވެ.
"ފަންނީ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަޑު ހިމަނައިގެން ނުވަތަ އަޑު ނުހިމަނާ އުފައްދާ ހުރިހާ ބާވަތެއްގެ ހަރަކާތްކުރާ ނުވަތަ ހަރަކާތްނުކުރާ ފޮޓޯ، ނުވަތަ ކުރެހުން ހުންނަ އުފެއްދުންތަކަށާއި، ފޮތަށާއި، ޅެމަށާއި، ލަވައަށާއި، ޑްރާމާއަށާއި ތަމްސީލަށާއި، ނެށުމަށާއި، ސްޓޭޖްށޯވފަދަ އުފެއްދުންތަކުގެ ތެރެއިން، ބްރޯޑްކާސްޓިންގ ނުވަތަ ވެބް ސްޓްރީމިންގ ނުވަތަ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކަށް އާންމުކުރާ އުފެއްދުމަށެވެ.
"ސެލްފް-އިންކުއަރީ ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން އެދުމުން، ސިސްޓަމުން ނަގާ އެ ފަރާތުގެ ޒާތީ މައުލޫމާތާއި ކްރެޑިޓްއާބެހޭ މައުލޫމާތު ހިމެނޭ ރިޕޯޓަކަށެވެ.
"ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަން ދޭ، ނުވަތަ ދިނުމަށް ހުށަހަޅާ، ނުވަތަ ދީފައިވާ ފަރާތަކަށެވެ.
"މައުލޫމާތު ނިސްބަތްވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ. އަދި އެ މާނައިގައި، މައުލޫމާތު ނިސްބަތްވާ ފަރާތަކަށް މުސްތަގުބަލުގައި ވުން ގާތް ފަރާތްތައްވެސް ހިމެނޭނެއެވެ.
- ކްރެޑިޓް އެޕްލިކޭށަނެއް ހުށަހަޅައިފައިވާ ފަރާތެއް؛
- ކްރެޑިޓް އެއްބަސްވުމެއް ވެފައިވާ ފަރާތެއް؛ ނުވަތަ
- ކްރެޑިޓް އެއްބަސްވުމެއްގެ ގެރެންޓަރ.
"ކްރެޑިޓް އިންފޮމޭށަން ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ސިސްޓަމަށް އަޅާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ސިސްޓަމުން ނަގާ ރިޕޯޓަކަށެވެ.
"ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ބޭންކުތަކާއި، ފައިނޭންސިންގް ކުންފުނިތަކާއި އަދި އެ އޮތޯރިޓީން ކްރެޑިޓް އިންފޮމޭށަން ސިސްޓަމްގައި ބައިވެރިވުމުގެ ހުއްދަ ދޭ އިދާރާތަކަށެވެ.
"ކްރެޑިޓް އެޕްލިކޭށަން" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓް ހޯދުމަށް އެދި، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ހުށަހަޅާ ހުށަހެޅުމަށެވެ.
"ކްރެޑިޓް އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކުން އެހެން ފަރާތަކަށް ކްރެޑިޓް ދޫކުރުމަށް ޓަކައި އެ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމަށެވެ.
"ކްރެޑިޓް" ކަމަށް ބުނެފައި އެވަނީ، ލޯނާއި، ފަހުގެ ތާރީހެއްގައި އަނބުރާ ދައްކަންޖެހޭ ފައިސާއާއި، އެހެންވެސް ބާވަތެއްގެ ދަރަނީގެ ވަސީލަތަށެވެ. މީގެ ތެރޭގައި އަންނަނިވި ކްރެޑިޓް ނުހިމެނޭނެއެވެ.
- މާލީ އިދާރާއަކުން އެހެން މާލީ އިދާރާއަކަށް ދޫކުރާ ކްރެޑިޓް؛
- ދިވެހި ސަރުކާރަށް، ނުވަތަ ދިވެހި ސަރުކާރުގެ އިދާރާއަކަށް، ނުވަތަ ބޭރު ގައުމެއްގެ ސަރުކާރަކަށް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކަށް ދޫކުރާ ކްރެޑިޓް؛
- ކުންފުންޏަކުން އެ ކުންފުންޏެއްގެ ސަބްސިޑިއަރީއަކަށް ނުވަތަ ހޯލްޑިންގ ކުންފުންޏަކަށް ދޫކުރާ ކްރެޑިޓް؛
- އެ ފަރާތެއްގެ މުވައްޒަފުން ނޫން ފަރާތަކަށް ކްރެޑިޓްދޫނުކުރާ ފަރާތަކުން، އެ ފަރާތެއްގެ މުވައްޒަފުންނަށް ދޫކުރާ ކްރެޑިޓް؛
- އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކްރެޑިޓް.
"ޑީއެންއޭ" ކަމަށް ބުނެފައި އެވަނީ، ޑީއޮކްސީރައިބޯނިއުކްލިއެކް އެސިޑް (deoxyribonucleic aid) އަށެވެ.
"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތަކާއި އެ ތަންތަނާ ގުޅިފައިވާ އެންމެހައި އިދާރާތައް ހިމެނޭގޮތުގެމަތިންނެވެ އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނެއްމެ ހިމެނޭގޮތުންނެވެ.
"ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، ފޮރެންސިކް ޕްރޮސީޖަރެއް މެދުވެރިކޮށް ހޯދޭ ހެއްކަށެވެ.