-

ސުކޫކް މުޒާރަބާ

"ސުކޫކް މުޒާރަބާ" ކަމަށް ބުނެފައި އެވަނީ، މުޒާރަބާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުޒާރަބާއަކީ ދެފަރާތުގެ ދެމެދުގައި ވިޔަފާރިއަކަށް ފައިނޭންސް ކުރުމަށްޓަކައި ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރައްބު އަލް މާލް ނުވަތަ އިންވެސްޓަރ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ (ރައުސްމާލު) ދިނުމުން، ވިޔަފާރި ހިންގާނީ މުޒާރިބު ނުވަތަ ވިޔަފާރި ހިންގާ ފަރާތެވެ. މި ވިޔަފާރިން ފައިދާ ވެއްޖެނަމަ، ދެފަރާތުން އެއްބަސްވެފައިވާ ރޭށިއޯއަށް ނިސްބަތްކޮށް ދެފަރާތުގެ ދެމެދުގައި އެ ވިޔަފާރިން ލިބޭ ފައިދާ ބަހާލެވޭނެއެވެ. އަދި ވިޔަފާރީގައި ލިބޭ ގެއްލުމަށް ޒިންމާވާނީ އިންވެސްޓްކުރި ފަރާތުން އެކަންޏެވެ.