ގާނޫނީ ރަދީފު
"މެޓަޑޭޓާ" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބާބެހޭ އިތުރު މައުލޫމާތަށެވެ. މީގެ ތެރޭގައި، މައުލޫމާތު އެއްކުރި ގޮތާއި، ޑޭޓާގެ ފެންވަރު ހާމަކޮށްދޭ މައުލޫމާތާއި، ސާމްޕަލް ނެގުމާއި ކޯޑުކުރުމުގައި ގެންގުޅެފައިވާ އުސޫލުތައް ފަދަ އިތުރު ތަފުސީލުތައް ހިމެނެއެވެ.
"ޕައިލެޓް ސެންސަސް" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމުގެ އަސްލު ހަރަކާތުގެ ކުރިން ބޯހިމެނުމުގެ ހުރިހާ މަރުހަލާތަކެއް ކުރިޔަށްދާނެ ގޮތް ދެނެގަތުމަށް ހިންގާ ހަރަކާތަށެވެ.
"އިދާރާ" ކަމުގައި ބުނެފައި ވަނީ މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި ވަކި އިދާރާއެއްގެ ގޮތުގައި ހިންގަމުންދާ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ އެންމެހައި ތަންތަނަށެވެ.
"ޕްރީ ޓެސްޓު" ކަމަށް ބުނެފައި އެވަނީ، ސަރވޭ ކުރުމުގެ ކުރިން ނުވަތަ ބޯހިމެނުމުގެ ކުރިން ސުވާލުކަރުދާސްތަކުގައި ހިމެނޭ ސުވާލުތަކާއި އެ ސުވާލުތައް ތަރުތީބު ކޮށްފައިވާ ގޮތާއި، އެ ކަންކަން މީހުންނަށް ދޭހަވާގޮތް ބެލުމަށް ހިންގާ ޓެސްޓު ހަރަކާތަށެވެ.
"ސްޓެޓިސްޓިކަލް ރެޖިސްޓަރ" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމާއި ސާރވޭ ސާމްޕަލް ނެގުމަށާއި ތަފާސްހިސާބު އެއްކޮށް އެކުލަވައިލުމުގައި ފާހަގަކުރަންޖެހޭ އެކިއެކި ތަންތަނާއި ޔުނިޓްތައް (ވިޔަފާރިތަކާއި މަސައްކަތް ހިންގާ ތަންތަނާއި، ގޭގެއާއި، އިމާރާތް ފަދަ ތަންތަނަށް) އަދި އެ ތަންތަނާ ބެހޭ އަސާސީ މައުލޫމާތުތައް ފާހަގަކުރެވޭގޮތަށް ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް އެކުލަވައިލާ ލިސްޓުތަކަށެވެ.
"ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 16/2021 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން ރަސްމީ ތަފާސްހިސާބަށް ބޭނުންވާ މައުލޫމާތު ހޯދުމާއި، އެ މައުލޫމާތު އެއްކޮށް އެކުލަވައިލުމާއި، އާންމުކުރުމާއި، ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ސަރުކާރާއި ދައުލަތުގެ އިދާރާތަކަށެވެ.
"ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 1-31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭށަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ތައްޔާރުކޮށް މީރާއަށް ހުށަހަޅާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓަށެވެ.
"ސިސްޓެމިކް ފެއިލިއަރ" ކަމުގައި ބުނެފައި އެވަނީ، އެއްވެސް ޖުރިސްޑިކްށަނަކާއި ދިވެހިރާއްޖެއާ ދެމެދު އެއަށް އަމަލުކުރެވެމުންދާ ކޮލިފައިން ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުމެއް އޮތް ނަމަވެސް (އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތި) އެ ޖުރިސްޑިކްށަނަކުން އޮޓޮމެޓިކް އެކްސްޗޭންޖް ސަސްޕެންޑްކޮށްފައިވުން، ނުވަތަ ދިވެހިރާއްޖޭގައި އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތައް ހުރި އެމް.އެން.އީ ގުރޫޕެއްގެ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް އެ ޖުރިސްޑިކްށަނަށް ލިބިފައިވީ ނަމަވެސް، އެ ރިޕޯޓުތައް އޮޓޮމެޓިކުން ދިވެހިރާއްޖެއަށް ފޮނުވައިފައިނުވުން ތަކުރާރުވެފައިވުމަށެވެ.
"ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއާއި އެންމެހައި ކޮންސްޓިޓުއެންޓް އެންޓިޓީތަކަކީ އިގްތިސާދީ ގޮތުން އެއް ށަހްސުގެ ގޮތުގައި ބަލައިގެން، މުދަލާއި ދަރަނި، އާމްދަނީއާއި ހަރަދު އަދި ފައިސާ ލިބުނު ގޮތާއި ހޭދަކުރި ގޮތް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެ އެމް.އެން.އީ ގުރޫޕުގެ މާލީ ހިސާބުތަކަށެވެ.
"ކޮލިފައިންގ ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ އެއްބަސްވުމަށެވެ.
- ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ބައިވެރިންކަމުގައިވާ ޖުރިސްޑިކްށަންތަކެއް ތަމްސީލުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމުގައިވުން؛ އަދި
- އެ އެއްބަސްވުމުގައި ބައިވެރިވާ ޖުރިސްޑިކްށަންތަކުގެ މެދުގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް އޮޓޮމެޓިކުން ބަދަލުކުރުމަށް ލާޒިމުކުރާ އެއްބަސްވުމެއް ކަމުގައިވުން.
"ރިޕޯޓިންގ ފިސްކަލް އަހަރު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައި އެ ފަރާތެއްގެ އެ އަހަރެއްގެ މާލީ ނަތީޖާތަކާއި އޮޕަރޭށަނަލް ނަތީޖާތައް ހިމަނާފައިވާ ފިސްކަލް އަހަރަށެވެ.
"ފިސްކަލް އަހަރު" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން އެ ފަރާތުގެ މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރާ މުއްދަތަށެވެ.
"ސަރޮގެޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ހާލަތުގައި، އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގެ ތެރެއިން، އަލްޓިމޭޓް ޕޭރެންޓް އެންޓިޓީގެ ބަދަލުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އެމް.އެން.އީ ގުރޫޕުގެ ފަރާތުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް ކަނޑައަޅައިފައިވާ ހަމައެކަނި ފަރާތަށެވެ.
"އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ އަންނަނިވި ށަރުތުތައް ފުރިހަމަވާ ކޮންސްޓިޓުއެންޓް އެންޓިޓީތަކަށެވެ.
- ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގައި އެ ފަރާތެއްގެ މަސްލަހަތު އެކަށީގެންވާ މިންވަރަށް އޮތުމުގެ ސަބަބުން، ޓެކްސްގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އާންމުކޮށް ހިސާބު ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގގެ ހަމަތަކުގެ ދަށުން ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަކަށް ލާޒިމުވުން ނުވަތަ އެ ފަރާތުގެ އިކުއިޓީ އިންޓްރެސްޓް، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގެ ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަށް ލާޒިމުވުން؛ އަދި
- ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ފުރަތަމަ ބަޔާންކުރެވުނު ކޮންސްޓިޓުއެންޓް އެންޓިޓީގައި މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަސްލަހަތެއް އޮތް އެހެން އެއްވެސް ކޮންސްޓިޓުއެންޓް އެންޓިޓީއެއް އެމް.އެން.އީ ގުރޫޕުގައި ނެތުން.
"ރިޕޯޓިންގ އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއް ނިސްބަތްވާ އެމް.އެން.އީ ގުރޫޕުގެ ފަރާތުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތަކުން ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަންޖެހޭ ކޮންސްޓިޓުއެންޓް އެންޓިޓީއަށެވެ. އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެންޓިޓީއެއް ވެސް ރިޕޯޓިންގ އެންޓިޓީއެއް ކަމުގައި ވެދާނެއެވެ.