-

ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވުން ނުވަތަ ކާރިސާއެއް މެދުވެރިވުން

"ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވުން ނުވަތަ ކާރިސާއެއް މެދުވެރިވުން" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ނުވަތަ ގާނޫނު ނަންބަރު 2012-07 (ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން، ނުވަތަ ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ކާރިސާ އިއުލާނު ކުރުމަށެވެ.