ގާނޫނީ ރަދީފު
"އިޖުތިމާއީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރަށުގައި ކުޅިވަރު ކުޅޭ މައިދާންތަކާއި، އާންމު މައިދާންތަކާއި، ހުސްބިންތަކާއި، އާންމުން އެއްވެ އުޅެވޭ ގޮތަށް ހުރި ސަރަހައްދުތަކަށެވެ.
"ގްރީން ޒޯން" ކަމަށް ބުނެފައި އެވަނީ، ރަށުގެ އަތިރިމަތިން މޫދާ ކައިރިން 20 (ވިހި) މީޓަރުގެ ބޮޑުމިނަށް ހެދިފައިވާ ހޭޅިފަށަށެވެ.
"ސިޔާސީ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ސިޔާސީ ޕާޓީއަކުން ހިންގާ އެއްވެސް ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމާއި، އެހީތެރިވުމާއި، ސިޔާސީ މީހަކު ނުވަތަ އެނޫންވެސް މީހަކު ހިންގާ ސިޔާސީ ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމާއި، އެހީތެރިވުމާއި، ސިޔާސީ ޕާޓީއަކުން ނުވަތަ އެއްވެސް ފަރާތަކުން ސޯށަލްމީޑިޔާގައި ނުވަތަ ޕްރިންޓް މީޑިޔާގައި ލިޔާ ލިޔުންތަކަށާއި ށާއިއުކުރާ ޕޮޓޯތަކަށް ކޮމެންޓް ކުރުމާއި ލައިކްދިނުމާއި ރީޕޯސްޓް ކުރުންފަދަ ކަންކަމަށެވެ.
"ކޮރަޕްށަން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން މާލީ މަންފާ ހޯދުމަށް ޓަކައި ނުވަތަ އެނޫންވެސް ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް، އާންމުކޮށް ރިށްވަތު ހިފުން ހިމެނޭގޮތަށް ހިންގާ ހިޔާނާތުގެ އަމަލުތައް ނުވަތަ ނާޖާއިޒު ފައިދާއެއް ހޯދުމަށް ޓަކައި ނުވަތަ ނާޖާއިޒު ފައިދާއެއް އެހެން މީހަކަށް ހޯދައިދިނުމަށް ޓަކައި މަގާމުގެ ނުފޫޒު ބޭނުންކުރުމަށް ނުވަތަ ފަސާދައިގެ އަމަލުތައް ހިންގުމަށެވެ.
"ވައްކަން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ނުވަތަ ފަރާތެއްގެ މިލްކުގައިވާ އެއްޗެއް އެ މީހާއަށް ނުވަތަ އެ ފަރާތަށް ނޭނގި، އެއާ ހަވާލުވެގެން ހުރި މީހާ ނޫން މީހަކު ސިއްރުން ނެގުން ނުވަތަ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ތިމާގެ ބާރު ހިންގަނީ އަނެކާއަށް އޮތް ހައްގުވެރިކަމުން އެ މުދާ ދާއިމަށް ނިގުޅައިގަތުމުގެ މަގުސަދުގައި ކަމުގައި ވުމަށެވެ.
"ޓެކުން" ކަމަށް ބުނެފައި އެވަނީ ، އަނެކާއަށް މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދުމަތެއް ދޭން ބުނެ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެ ކަމެއް ބުނިގޮތަށް ކޮށްނުދީ، އެ ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަށެވެ.
"ވަސީލަތް" ކަމަށް ބުނެފައި އެ ވަނީ، އޮފީހުގެ މުދަލާއި، ސޮފްޓްވެއަރތަކާއި، ސްޓޭށަނަރީއާއި، މަސައްކަތް ކުރިޔަށް ގެންދިއުމަށް އޮފީހުން ފަހިކޮށްދޭ އެހެނިހެން ތަކެއްޗާއި ކަންކަމަށެވެ.
"މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނާއި، އޮފީހުން ހަވާލުކުރާ މަސައްކަތެއް ވަގުތީގޮތުން ކުރާ މީހުންނާއި، އިންޓާނުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަށެވެ.
"ސަބަބުވެރި އިންސާނާ" ކަމަށް ބުނެފައި އެވަނީ، ކަންކަމުގައި ބުއްދިވެރިކޮށް ވިސްނައިގެން ކަންކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ މީހުންނަށެވެ.
"" ކަމަށް ބުނެފައި އެވަނީ، ތިމާގެ ބެލުމުގެ ދަށުގައިވާ އެހެން ފަރާތެއްގެ އެއްޗެއް، އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ނުބައި ނިޔަތެއްގައި ބޭނުންކުރުން، ނުވަތަ އެ އެއްޗަކަށް ބަދަލު ގެނައުން، ނުވަތަ އެ އެއްޗެއް ނައްތައިލުން، ނުވަތަ އެ ފަރާތުން ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް އެ އެއްޗެއް ގެންގުޅުމަށެވެ.
"ސުލޫކީ ހަމަތައް" ކަމަށް ބުނެފައި އެވަނީ، އޮފީހުގެ ހުރިހާ މުވައްޒަފުން އޮފީހަށް ހިދުމަތްކުރުމުގެގޮތުން ވަޒީފާ އަދާކުރުމުގައި އުޅުމާއި އަމަލުތައް ބަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތަކެވެ.
"އިސް އޮފިސަރު" ކަމަށް ބުނެފައި އެ ވަނީ، ފުލުހުންގެ އިދާރީ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ކަސްޓޯޑިއަލް ޖަލެއް ބެލެހެއްޓުމާއި ހިންގުމުގެ މަސްއޫލިއްޔަތުތައް މަގާމުގެ ހައިސިއްޔަތުން ހަވާލުކޮށްފައިވާ ކޮމިށަންޑް އޮފިސަރުންނަށެވެ.
"ޑައިރެކްޓަރ އޮފް ޕްރިޒަންސް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ މަގުސަދުތައް ހާސިލުކުރުމަށް، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން،ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އައްޔަނުކުރާ ފަރާތަށެވެ.
"ސިއްހީ ހާލަތު ގާތުން ބެލުން" ކަމަށް ބުނެފައި އެ ވަނީ، އެ މީހާގެ ބަލީގެ ގޮތުން ނުވަތަ ބަލިހާލަތު ހުރި މިންވަރުން، ނުވަތަ މީހާގެ ހާލަތާ ގުޅޭ އެ ނޫންވެސް ކަމަކުން، ޑޮކްޓަރު ދީފައިވާ ލަފަޔަކާ އެއްގޮތަށް ވަކި ވަގުތެއްގެ ތެރޭގައި ނުވަތަ އަވަސް އަވަހަށް ބަލިމީހާގެ ހާލަތު ބެލުމަށެވެ.
"ސެކިއުރިޓީ އޮފިސަރު" ކަމަށް ބުނެފައި އެ ވަނީ، ކަސްޓޯޑިއަލް ޖަލުގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަށާއި، ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންނަށެވެ.