ގާނޫނީ ރަދީފު
"އެގްޒެކިއުޓިންގ އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އަމަލީގޮތުން އެހީގެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ފަރާތްތަކަށެވެ.
"ސަރުކާރު ގަބޫލުކުރާ މާލީ އިދާރާ" ކަމަށް ބުނެފައި އެ ވަނީ، ބޭންކްތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ހައުސިންގ ފައިނޭންސްގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ އިދާރާތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ މާލީ އިދާރާތަކުގެ ތެރެއިން ބިން ރަހުނުކުރުމަށްފަހު ލޯނު ދޫކުރުމުގެ ވިޔަފާރި ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ދީފައިވާ މާލީ އިދާރާތަކަށެވެ.
"ރަހުނު ހިފާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރަހުނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ނުވަތަ ލޯނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ފުލެޓެއް ރަހުނެއްގެ ގޮތުގައި ގަބޫލުކުރުމަށްފަހު، އެ ރަހުނުގެ މުގާބިލުގައި ރަހުނުގެ އެއްބަސްވުމުގެ ދަށުން ނުވަތަ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ދޫކުރާ ފަރާތަށެވެ.
"ރަހުނު ބަހައްޓާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރަހުނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ނުވަތަ ލޯނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ފުލެޓެއް ރަހުނެއްގެ ގޮތުގައި ދިނުމަށްފަހު، އެ ރަހުނުގެ މުގާބިލުގައި ރަހުނުގެ އެއްބަސްވުމުގެ ދަށުން ނުވަތަ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ލިބިގަންނަ ފަރާތަށެވެ.
"ދިވެހިރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މެޑިކަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ މެޑިކަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ.
"ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޑެންޓަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ޑެންޓަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ.
"ބޯހިޔާވަހިކަން" ކަމަށް ބުނެފައި އެ ވަނީ، އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައިވާ ބަންޑާރަ ގޯއްޗެއްގައި، ނުވަތަ އަމިއްލަ ގޯއްޗެއްގައި، ނުވަތަ ބަންޑާރަ ގޯއްޗެއްގައި ނުވަތަ އަމިއްލަ ގޯއްޗެއްގައި ހިމެނޭ އިމާރާތެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ހިމެނޭގޮތުންނެވެ.
"ށަރުއީ ކޯޓަކަށް ހުށަހަޅައިފައިވާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކަށް ގަނެވިއްކުމުގެ މުއާމަލާތް ފުރިހަމަކުރުމަށް ހުށަހަޅާ މައްސަލަތަކަށެވެ
"ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލުމަށް ވޯޓުފޮށި ބަހައްޓައިފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުނަގައި ވޯޓުގުނުމުގެ ކަންތައްތައް ހިންގާނީ ވެސް މި މަޒުކަޒުގައެވެ.
"ފޯކަލް ޕޮއިންޓު" ކަމުގައި ބުނެފައި އެވަނީ، ރަށު/އަތޮޅު/ސިޓީތަކުން އިންތިހާބުގެ މަސައްކަތް ކުރުމަށްޓަކައި އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ފަރާތްތަކަށެވެ.
"ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ރަށު/އަތޮޅު/ސިޓީތަކުން އިންތިހާބުގެ މަސައްކަތްކުރުމަށް ޓަކައި އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ކޮމިޓީތަކަށެވެ.
"ވޯޓިންގ ބޫތު" ކަމުގައި ބުނެފައި އެވަނީ، ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ހުންނަން ކަނޑައަޅައިފައިވާ ކޮށިގަނޑަށެވެ.
"އޮބްޒާވަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އެ އިންތިހާބެއް އޮބްޒާވްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
"މޮނިޓަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އެ އިންތިހާބުގެ ވޯޓުނަގާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައްޔާއި ވޯޓުގުނާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ކަވަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ.
ސިޔާސީ ޕާޓީ ނުވަތަ "ޕާޓީ" ކަމުގައި ބުނެފައި އެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.