-

މަންފާ

"މަންފާ" ކަމަށް ބުނެފައި އެވަނީ، ކޮރަޕްށަންގެ އަމަލަކާ ގުޅޭގޮތުން ނުވަތަ ކޮރަޕްށަންގެ ކުށަކާ ގުޅޭގޮތުން، ހޯދައިގަނެވޭ، ނުވަތަ ބަލައިގަނެވޭ، ނުވަތަ ދިނުމަށް ހުށަހަޅާ ނުވަތަ ދޭ ނުވަތަ ދިނުމަށް ބުނާ ނުވަތަ އަމުރުކުރާ، ނުވަތަ ބަލައިގަންނަ ނުވަތަ ބަލައިގަތުމަށް އެދޭ ނުވަތަ ބަލައިގަތުމަށް ހުށަހަޅާ ނުވަތަ ބަލައިގަތުމަށް އެއްބަސްވާ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް، ނުވަތަ އެއްޗެހީގެ ތެރެއިން އެއްޗަކަށެވެ.

(1) ހަދިޔާ؛ (2) ލޯނު؛ (3) ފީ؛ (4). އުޖޫރަ؛ (5) ޑިސްކައުންޓް؛ (6) ކޮމިށަން؛ (7) ފައިސާ ނުވަތަ ފައިސާއިން އަގުކުރެވޭ މުދާ؛ (8) ފައިސާއަކާ ގުޅޭގޮތުން ނުވަތަ މުދަލަކާ ގުޅޭގޮތުން އުފައްދައިދޭ ހައްގު ނުވަތަ މަސްލަހަތު؛ (9) ހުއްދަ އާމްދަނީ ފިޔަވައި އެހެން އެއްވެސް އެއްޗެއް؛ (10) މަގާމެއް ނުވަތަ ވަޒީފާއެއް ނުވަތަ ކޮންޓްރެކްޓެއް؛ (11) ތަނަކަށް އުފުލަންޖެހޭ މުދަލެއް އުފުލައިދިނުން؛ (12) ތަނަކަށް ދައްކަންޖެހޭ މާލީ ޒިންމާއަކުން ބަރީއަކޮށްދިނުން؛ (13) ދަރަނީގެ ޒިންމާއެއް ނިމުމަކަށް ގެނެސްދިނުން؛ (14) ލޯނެއް އަދާކޮށްދިނުން؛ (15) ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކޮށްދިނުން؛ (16) ތިމާ އަދާކުރަންޖެހޭ ދަރަންޏެއް އަދާކޮށްދިނުން ނުވަތަ އެއިން ބައެއް އަދާކޮށްދިނުން؛ (17) ތިމާ ހޯދާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ އަގު ނޫން ކުޑަ އަގެއް ދައްކަންޖެހުން؛ (18) ބޭނުންކުރެވެން އޮތް ހައްގެއް ބޭނުންނުކޮށް ދޫކޮށްލުން؛ (19) ބޭނުންކުރެވެން އޮތް ބާރެއް ބޭނުންނުކޮށް ދޫކޮށްލުން؛  20 އެނޫންވެސް މަންފާ، ނުވަތަ ހިދުމަތް ނުވަތަ އެހީ.