ގާނޫނީ ރަދީފު
"މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 41 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށެވެ.
"މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 35 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށެވެ.
"މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 29 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށެވެ.
"ނަރުހުން" ކަމަށް ބުނެފައި އެވަނީ، ނަރުސްކަމުގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 35 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ނަރުހުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
"މިޑްވައިފުން" ކަމަށް ބުނެފައި އެވަނީ، މިޑްވައިފަރީގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 35 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި މިޑްވައިފުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
"ޑެންޓަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ޑެންޓިސްޓްރީގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 29 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ޑެންޓަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
"މެޑިކަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރީ ބޭހުގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 29 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި މެޑިކަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
"ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީ، ތައުލީމު އަދި/ނުވަތަ ތަޖުރިބާގެ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ށަރުތުހަމަވާ، އަދި އެ ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުންނާއި، ޑެންޓަލް ޕްރެކްޓިށަނަރުންނާއި، ނަރުހުންނާއި، މިޑްވައިފުންނާއި، އެލައިޑް ހެލްތް ޕްރޮފެށަނަލުންނަށެވެ.
"ސިއްހީ ހިދުމަތުގެ ފަންނު" ކަމަށް ބުނެފައި އެވަނީ، ތައުލީމު އަދި/ނުވަތަ ތަޖުރިބާގެ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ށަރުތުހަމަވާ، އަދި އެ ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށް ނިސްބަތްކޮށެވެ.
"ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތަށްޓަކައި ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒްއަށާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.
"ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، އަދި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، ގޭގެ އާންމު ތަންތަން ބޭނުންކުރެވޭ ގޮތަށްހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.
"ގޭބިސީ" ކަމަށް ބުނެފައި އެވަނީ، ގެއެއްގައި ނުވަތަ އިމާރާތެއްގައި ވަކިން ދިރިއުޅޭ މީހުންނަށެވެ.
"ދިރިއުޅުމަށް ޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް، އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެންފަރާތަކަށް ދިނުމަށެވެ.
"ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.
"ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަށެވެ.