ގާނޫނީ ރަދީފު
"ގަސްގަހާގެހި" ކަމަށް ބުނެފައި އެވަނީ، ހުރިހާ ވައްތަރެއްގެ ގަސްގަހާގެއްސަށެވެ.
"ސޫފާސޫފި" ކަމަށް ބުނެފައި އެވަނީ، ހުރިހާ ވައްތަރެއްގެ ޖަނަވާރަށެވެ.
"ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު" ކަމަށް ބުނެފައި އެވަނީ ތަރައްގީގެ މަށްރޫއުއެއްގެ ސަބަބުން ނިކުމެދާނެ ބަޔޯފިޒިކަލް ނުވަތަ އިޖުތިމާއީ ނުވަތަ އިޖުމާލީ ނުވަތަ އިގުތިސާދީ ނުވަތަ އެހެންވެސް އަސަރުތައް ފާހަގަކޮށް ދިމާވެދާނޭ ކަންތައްތައް ލަފާކޮށް އެކަމުގެ ކުޑަބޮޑުމިން އަންދާޒާކޮށް އެ އަސަރުތައް ކުޑަކުރުމަށް (މިޓިގޭށަން) ހެދޭ ދިރާސާއަށެވެ.
"ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން" ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ މަށްރޫއެއް ކުރިއަށް ގެންދެވިދާނެކަން ނުވަތަ ނޫންކަން ނުވަތަ ވަކި ށަރުތުތަކަކާއެކު ކުރިއަށް ގެންދެވިދާނެކަމަށް ނިންމާފައި މިނިސްޓަރ ނުވަތަ އޭނާ އައްޔަނުކުރާ މީހަކު ދޫކުރާ ލިޔުމަކަށެވެ.
"އަސަރު" ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ ސަބަބުން ގުދުރަތީ ވެށްޓަށް އަންނަ ބަދަލަށެވެ. މީގެތެރޭގައި އިނގިރޭސި ބަހުން "އިމްޕެކްޓް" އާއި "އިފެކްޓް" މި ދެބަސް ބޭނުން ކުރުމުން ނުކުންނަ މާނަ ހިމެނެއެވެ. އަސަރުގެ ތެރޭގައި ހިމެނެނީ، އަމަލެއްގެ ސަބަބުން ނުކުންނަ ސީދާ ނަތީޖާ، އަދި އަމަލަކުން ނުވަތަ އަމަލުތަކަކުން ނުކުންނަ ނުސީދާ ނަތީޖާ. އެ އަމަލެއްގެ ސަބަބުން މަށްރޫއު ހިންގާ ސަރަހައްދާ ދުރު ހިސާބުތަކަށް ކޮށްފާނޭ އަސަރުތަކާއި ކުރިމަގުގައި ކޮށްފާނޭ ކަމަށް ބެލޭ އަސަރުތަކާއި އަދި މަށްރޫއު ހިންގާ ސަރަހައްދަށް ކުރިމަގުގައި ކޮށްފާނެ އަސަރުތައް މީގެ ތެރޭގައި ހިމެނެއެވެ. އަދި މީގެތެރޭގައި އެ އަމަލެއްގެ ސަބަބުން ހެދިބޮޑުވުމަށް އަސަރުކުރުމާއި އަދި ބިން ބޭނުންކުރެވެމުންދާ ގޮތަށް އަސަރުކޮށްފާނޭ ބަދަލުތަކާއި އާބާދީގެ މިންވަރާއި އިތުރުވަމުންދާ ނިސްބަތަށް އަތުވެދާނޭ ބަދަލުތަކާއި އަދި މިކަންކަމުގެ ސަބަބުން ވަޔަށާއި ފެނަށާއި އަދި އެހެންވެސް ގުދުރަތީ ނިޒާމުތަކަށާއި އިކޯސިސްޓަމްތަކަށް އަތުވެދާނޭ ބަދަލު ހިމެނެއެވެ.
އިކޯ ސިސްޓަމް ކަމަށް ބުނެފައި އެވަނީ، އެންމެހައި ދިރުންތަކާއި އެއްޗެތީގެ ވަށައިގެންވާ މާހައުލާއި، އެތަކެއްޗާއި މާހައުލާ ލާމެހިގެން އޭގެ އަމިއްލަ ޒާތުގައި މަސައްކަތްކުރާ ނިޒާމަކަށެވެ.
"ތަރައްގީގެ ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، އަދި ޔޮޓް މެރީނާ ތަރައްގީ ކުރުމުގައި، މިނިސްޓްރީއަށް ފެންނަގޮތުގައި ތިމާވެށްޓަށް ފާހަގަކުރެވޭ ވަރުގެ އަސަރެއް ކޮށްފާނެ ކޮންމެ ހަރަކާތެއް، އިމާރާތެއް، މަސައްކަތެއް، މަށްރޫއެއް، ސިޔާސަތެއް، ހުށަހެޅުމެއް، ރޭވުމެއް ނުވަތަ ޕްރޮގްރާމް އަކަށެވެ. މީގެތެރޭގައި ކުރިން ހިނގަމުން އައި ކަމެއް ބަދަލުކުރުމާއި، ބޮޑުކުރުމާއި، ދޫކޮށްލުމާއި، އުވައިލުމާއި އަދި އާލާކުރުން ހިމެނެއެވެ.
"ކޮންސަލްޓެންޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަދަންޖެހޭ އެންމެހައި ރިޕޯޓުތައް ހެދުމަށް ތިމާވެށްޓާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނަށެވެ.
"މަށްރޫއު" ކަމަށް ބުނެފައި އެވަނީ، ކުރިޔަށް ރާވައިގެން ހިންގާ ޓޫރިޒަމް ސިނާއަތުގެ ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، ނުވަތަ ޔޮޓް މެރިނާ ތަރައްގީ ކުރުމުގެ މަސައްކަތްތަކަށެވެ.
"ޓޫރިސްޓް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، އަދި ޔޮޓް މެރިނާ އަށެވެ.
"ޓޫރިސްޓް ރިސޯޓް" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން ،އެނދަށް ނުވަތަ ކޮޓަރިއަށް ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް އަގު ނަގައިގެން ހިދުމަތް ފޯރުކޮށްދޭ ހޮޓާ، ގެސްޓްހައުސް، އުޅަނދު އަދި އެނޫންވެސް އެފަދަ ތަންތަނަށާއި، ތަކެއްޗަށެވެ.
"ޗެނަލް ޑިސްޓްރިބިއުޓިންގ ރައިޓްސް" ކަމަށް ބުނެފައި އެވަނީ، ޗެނަލްގެ ވެރިފަރާތް ފިޔަވައި، އެހެން ފަރާތަކުން ޗެނަލް ރީ ބްރޯޑްކާސްޓްކުރުމުގެ ހައްގަށެވެ.
"ސެންސަރުކުރުން" ކަމަށް ބުނެފައި އެވަނީ، ފޮނުވާ އަޑު ނުވަތަ މަންޒަރު ކަނޑައިލުމަށްޓަކައި، ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01) ގެ ގަވާއިދުގައި ހުއްދަކުރެވިފައިވާ އުނިއިތުރު ގެނައުމަށެވެ.
“ޗެނަލް” ކަމަށް ބުނެފައި އެވަނީ، ވަކި ސްޓޭށަނެއްގެ އައިޑެންޓިފިކޭށަންގެ ދަށުން ފޮނުވޭ ކޮންޓެންޓަށެވެ.
"ގެމެން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލްތަކުގެ ވިހާމަރުވާއާއި، ގޯތިގެދޮރުގެ މައުލޫމާތާއި، ވޯޓުލާ މީހުންގެ ރަޖިސްޓަރީ އާއި، ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފުތަރު ފަދަ، އާބާދީ އާ ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލަށެވެ.