-

ހިޔާނާތް

"ހިޔާނާތް" ކަމަށް ބުނެފައި އެވަނީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގެ އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން، ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ގެންގުޅުމެވެ. އާންމު ތަނަކުން ހޮވާ އެއްޗެއް އެފަދަ ތަކެތި ދައްކަންޖެހޭ ފަރާތަށް ނުދައްކާ ހުރުމާއި، މީޓަރަށް ނާރާގޮތަށް ކަރަންޓް ބޭނުންކުރުން ފަދަ ކަންކަމަކީ ހިޔާނާތެވެ. ކަނޑައެޅިފައިވާ ގަވާއިދު ތަކެއްގެ މަތިން ބެލެއްހެޓުމަށް މީހަކާ ހަވާލުވެފައިވާ މުދަލެއް ހަމައަށް ހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތިފައި، އެމުދާ ބަލަހައްޓަން ޖެހިފައިވާ ގަވާއިދާ ހިލާފު ވެފައިވާކަން ސާބިތު ވުމާއެކު، އެމުދާ މަދުވާން ޖެހުނު ގޮތެއް ސާބިތުކޮށް ނުދެވޭނަމަ ބެލޭނީ ހިޔާނާތްތެރިވީ ކަމުގައެވެ.