ގާނޫނީ ރަދީފު
"ޑިފެކްޓް ލައިބިލިޓީ މުއްދަތު" ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ އަމަލީ މަސައްކަތް ނިންމައި، ގާއިމުކުރެވޭ ނިޒާމު ނުވަތަ ފެސިލިޓީ އޮޕްރޭޓްކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށާއި، އެ ނިޒާމަށް ނުވަތަ ފެސިލިޓީއަށް ދިމާވާ މައްސަލަތައް ކޮންޓްރެކްޓަރ ހައްލުކުރަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ކަނޑައަޅައިފައިވާ މުއްދަތަށެވެ.
"ސާފު ރައްކައުތެރި ފެން" ކަމަށް ބުނެފައި އެވަނީ، ރައްކައުތެރި ގޮތެއްގައި ފެން ރައްކައުކުރާ ނިޒާމަށް ފެން ނެގޭނެ އިންތިޒާމު ހަމަޖައްސައި، އެ ފެނުގައި އެންމެ ދަށް މިންގަނޑަށް، އެއްވެސް ކުލައެއް ރަހައެއް ނުހުންނަ ފެނަށެވެ.
"އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުގައި ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތަކަށެވެ.
"އިޖުތިމާއީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރަށުގެ އާންމު އެންމެހައި ތަންތަން ހިމެނޭގޮތުން، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި، އެ ތަންތަނާ އިންވެގެންވާ މަގުގެ އިތުރުން، ރަށުގެ މަލަމައްޗަށްވާ ގޮތަށް އޮންނަ ހުސްބިންތަކާއި، ރަށުގެ އަތިރިމައްޗާއި، ވަށައިގެންވާ މަގުތަކަށެވެ.
"މައާނަވީ ބަދަލު" ކަމަށް ބުނެފައި އެވަނީ، ފަރުމާއަށް ގެންނަ ބަދަލެއްގެ ސަބަބުން އޭގެ ޒާތަށާއި ބޭނުންކުރެވޭ ގޮތަށް ބަދަލު އަތުވެދާނެ ކޮންމެ ބަދަލަކަށެވެ.
"އޮޕަރޭޓިންގ ލައިސަންސް" ނުވަތަ "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ފެނުގެ ނުވަތަ ނަރުދަމާގެ ނުވަތަ ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ވަކި މުއްދަތަކަށް ނަގާ ހުއްދައަށެވެ.
"ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުުދުރަތީގޮތުން ރަށުގެ ބިމުގެ އަޑީގައި އެފެދިފައިވާ ފެން ފަށަލައަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ، ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.
"ސިިނާއާީ މަސައްކަތް ކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، އިންޑަސްޓްރިއަލް މަސައްކަތްކުރާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވޭ ރަށްތަކާއި، ދަނޑުވެރިކަމުގެ މަސައްކަތާއި މަސްކައްކާ ކާރުހާާނާތަކާއި، އޮޑިދޯނިފަހަރު ބަންނަ ތަންތަނަށެވެ.
"އިމާރާތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މީހުން ދިރިއުޅުމަށް ކުއްޔަށްދޭ އިމާރާތްތަކާއި، އޮފީސްތަކާއި، ސުކޫލުތަކާއި، ށްޮޕިންގ ސެންޓަރުތަކާއި، ސިިއްހީީ ހިދުމަތް ދޭ ތަންތަނާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތް ދޭ ތަންތަނާއި، މިސްކިތްތައް ހިމެނޭގޮތުން އާންމުކޮށް މީހުންއުޅޭ އިމާރާތްތަކަށެވެ.
"ނަޖިހާއި ނަޖިސް ފެން" ކަމަށް ބުނެފައި އެވަނީ، ފާހާާނާތަކުންނާއި ބަދިގޭންނާއި އަތްދޮންނަތަށްޓާއި ދޮންނަ މެށްިން ފަދަ ތަކެތިން ބޭރުކުރާ ފެނަށެވެ.
"ވާރޭފެން ނަގާ ރައްކައުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، އެ ރަށެއްގެ އާންމު ބޭނުންތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އެފަދަ އެހެން ފަރާތަކުން އެ ރަށެއްގައި ޖަމާއަތުގެ ބޭނުމަށް ޓަކައި ގާއިމުކޮށްފައިވާ ވާރޭ ފެންތާނގީތަކަށެވެ.
"ފެނުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ގާއިމުކޮށްފައިވާ މީރުފެން އުފައްދާ ޕްލާންޓުތަކާއި، ފެން ރައްކައުކުރާ ތާނގީތަކާއި، މެށްިނަރީސްތަކާއި، ފެން ޕަންޕް ފަދަ އާލާތްތައް ހިމެނޭ ފެނުގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.
"ނަރުދަމާގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ގޭގޭގެ ފާހާާނާތަކުން ބޭރުވާ، ނަރުދަމާގެ ހޮޅިން ފެށިގެން، ނަޖިހާއި ނަޖިސް ފެން އެއްކޮށް އެއްތަނަކަށް ގެންދިޔުމަށް ޓަކައި ގާއިމުކޮށްފައިވާ ނަރުދަމާގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.
"ފެނުގެ ހިދުމަތްދޭ މަރުކަޒު" ނުވަތަ "ފެނުގެ ހިދުމަތް ދޭ ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ބޭނުންވާ ތާނގީތަކާއި، ފެން ޕްލާންޓްތަކާއި، މެށްިނަރީސްތަކާއި، ފެން ޕަންޕް ފަދަ އާލާތްތައް ގާއިމުކޮށްފައިވާ އިމާރާތް ނުވަތަ ކޮށްޓަށެވެ.
"ފެނުގެ ހިދުމަތް ދޭ ފެސިލިޓީ" ނުވަތަ "ފެނުގެ ހިދުމަތްދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ބޭނުންވާ ތާނގީތަކާއި، ފެން ޕްލާންޓްތަކާއި، މެށްިނަރީސްތަކާއި، ފެން ޕަންޕް ފަދަ އާލާތްތައް ގާއިމުކޮށްފައިވާ އިމާރާތް ނުވަތަ ކޮށްޓަށެވެ.