ގާނޫނީ ރަދީފު
"ޑިލޭ" ކަމަށް ބުނެފައި އެވަނީ ، ވަގުތުން ގެނެސްދޭ ކޮންޓެންޓް އޮންއެއަރކުރުމުގެ ކުރިން ވަގުތުކޮޅަކަށް ފަސްކުރުމަށެވެ.
"ޖިންގަލް" ކަމަށް ބުނެފައި އެވަނީ، ވަކި ޗެނަލެއް އަންގައިދިނުމުގެ ގޮތުން ރޭޑިއޯގެ ހިދުމަތުގައި ބޭނުންކުރާ ސައުންޑް ބައިޓަކަށެވެ.
"ކުއްލި ނުރައްކާ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކައުތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކައުތެރިވެދާނެ ފަދަ ކަމެއް ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވުމަށެވެ.
"އެޑިޓޯރިއަލް ޕޮލިސީ" ކަމަށް ބުނެފައި އެވަނީ ، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ހަބަރާއި މައުލޫމާތު ފޮނުވުމުގައި އެ ސްޓޭށަނަކުން ހިފަހައްޓާނެ މައިގަނޑު އުސޫލުތަކަށެވެ.
"ގިންތިކުރުމާއި ދަރަޖަކުރުން" ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓެއް ވަކި އުމުރުފުރައަކަށް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތެއްގެ ވަކި ހާއްސަ ބަޔަކަށް އަމާޒުކުރުމަށެވެ.
"އޯޑިއޯ" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން އިއްވާ އަޑަށެވެ.
"ވިޒުއަލް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން ދައްކާ މަންޒަރަށެވެ.
"އެންކްރިޕްޓް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަކި އާލާތެއް ބޭނުންކޮށްގެން މެނުވީ ސިގްނަލް ނުލިބޭގޮތަށް ބްރޯޑްކާސްޓް ކުރުމަށެވެ.
"ލޯކަލް ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ލިބޭ ފަރާތުގެ ފުރިހަމަ ކޮންޓްރޯލުގައިވާ ބަޔަކު އުފައްދާ އުފެއްދުންތަކަށާއި، ބަޔަކު ލައްވައިނަމަވެސް، ލައިސަންސް ލިބޭ ފަރާތުގެ ބޭނުމަށް އެ ފަރާތުގެއިރުށާދުގެ މަތީން ތައްޔާރުކުރާ ތަކެއްޗަށާއި، ދިވެހި މުޖުތަމައަށް ބޭނުންހިފޭ ގޮތަށް ނުވަތަ ދިވެހި މުޖުތަމައާ ގުޅޭ ގޮތަށް ދިވެހީންގެ މިލްކުވެރިކަން އޮވެގެން އުފައްދާ ތަކެއްޗަށާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހިބަހަށް ނުވަތަ ދިވެހި ސަގާފަތަށް، ނުވަތަ ދިވެހިން ށައުގުވެރިވާ ކަންކަމާ ގުޅޭގޮތަށް ދިވެހީން ނުވަތަ ދިވެހީންގެ އިރުށާދުގެ މަތީން ދިވެހީންނަށް އުފައްދާ އެއްޗެހި ހިމެނޭ ގޮތަށެވެ. ބޭރުގެ ފަރާތްތަކުން އުފައްދައިފައި ހުންނަ ކޮންޓެންޓަކަށް ދިވެހިބަހުން އަޑުއަޅައިގެން ނުވަތަ ސަބްޓައިޓަލްކޮށްގެން އުފައްދާ ކޮންޓެންޓަކީ ލޯކަލް ކޮންޓެންޓުކަމުގައެއް ނުބެލޭނެއެވެ.
"ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ފޮނުވާ ހަބަރާއި، ޕްރޮގްރާމާއި، މައުލޫމާތާއި، އިސްތިހާރާއި،ބްރޯޑްކާސްޓް ގްރެފިކްސްއާއި، ބްރޯޑްކާސްޓްކުރާ މިނޫންވެސް ކޮންމެ އެއްޗަކަށެވެ.
"ވަސީލަތް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރެވިދާނެ އާލާތްތަކަށާއި ޓެކްނޮލޮޖީއަށެވެ.
"ހިދުމަތް ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ބްރޯޑްކާސްޓް ކުރުމުގެހިދުމަތް ލިބިގަންނަ ފަރާތްތަކަށެވެ.
"ބްރޯޑްކާސްޓްކުރާ ސްޓޭށަން" ނުވަތަ "ސްޓޭށަން" ކަމަށް ބުނެފައި އެވަނީ،މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން ގާއިމުކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ މަސައްކަތް ހިންގާ މަރުކަޒަށެވެ.
"ލައިސަންސް ލިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބޭ ފަރާތްތަކާއި، ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-16) ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ބަދަލުކުރެވޭ ފަރާތްތަކަށެވެ.
"ކޮމާށަލް ބްރޯޑްކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި އުސޫލުން ދޭ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތަށެވެ.