ގާނޫނީ ރަދީފު
"ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ނަރުދަމާގެ ނިޒާމުން ބޭރުވާ ނަޖިހާއި ނަޖިސް ފެން އެއްވެސް ތަނަކަށް ބޭރުކުރުމުން، އެ ތަނުގެ ތިމާވެށްޓަށް ނުވަތަ ދިރުމަކަށް ގެއްލުންނުވާ މިންވަރަށް ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަށެވެ.
"މީރުފެން އުފައްދާ ޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ލޮނުފެން ބޭނުންކޮށްގެން މީރުފެން އުފައްދައިދޭ ނުވަތަ ސާފުކޮށްދޭ ޕްލާންޓަށެވެ. މީރުފެން އުފައްދާ ފެން ޕްލާންޓްކަމަށް ބަލާނީ، އެ ނިޒާމަށް ފެން ނަގާ ހިސާބުން ފެށިގެން ސާފު ފެން އުފެއްދުމާ ހަމައަށް އެކުލެވޭ އެންމެހައި ތަކެއްޗާއި ބައިތައް ހިމެނޭގޮތަށެވެ.
"ޓްރީމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ފެނުގައި އެކުލެވޭ ރައްކައުތެރި ނޫން މާއްދާތައް، ކަނޑައަޅާ ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަކަށް އެކަށީގެންވާ މިންވަރަށް ސާފުކުރާ ނިޒާމަށެވެ.
"ޑިސްޓްރިބިއުށަން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް މަސްތުވާތަކެތި ފޯރުކޮށްދެވިދާނެ އެއްވެސް އަމަލެއް ހިންގުމަށެވެ.
"ޓްރެންޑް އެނެލިސިސް" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި އެތެރެކުރަން އުޅޭ ފަރާތްތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފާނެކަމަށް ބެލެވޭ ފަރާތްތައް އިތުރަށް ބަލައި ވަޒަންކުރުމުގެ ގޮތުން ކުރެވޭ ދިރާސާއަށެވެ.
"ބިދޭސީން" ކަމުގައި ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހި ރައްޔިތުން ނޫން މީހުންނަށެވެ.
"ކާވެންޏަށް ހާޒިރުވާންޖެހޭ މީހުން" ކަމަށް ބުނެފައި އެވަނީ އާންމު އުސޫލުން އެބަޔަކާއި ނުލައި އެ ކާވެންޏެއް ނުކުރެވޭނެ މީހުންނަށެވެ. އެއީ، ކާވެނި ކުރާ ދެމީޙުންނާއި، ހެކިވެރިންނާއި، ވަލީ ވެރިޔާއެވެ.
"ސުކޫކް މުޒާރަބާ" ކަމަށް ބުނެފައި އެވަނީ، މުޒާރަބާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުޒާރަބާއަކީ ދެފަރާތުގެ ދެމެދުގައި ވިޔަފާރިއަކަށް ފައިނޭންސް ކުރުމަށްޓަކައި ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރައްބު އަލް މާލް ނުވަތަ އިންވެސްޓަރ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ (ރައުސްމާލު) ދިނުމުން، ވިޔަފާރި ހިންގާނީ މުޒާރިބު ނުވަތަ ވިޔަފާރި ހިންގާ ފަރާތެވެ. މި ވިޔަފާރިން ފައިދާ ވެއްޖެނަމަ، ދެފަރާތުން އެއްބަސްވެފައިވާ ރޭށިއޯއަށް ނިސްބަތްކޮށް ދެފަރާތުގެ ދެމެދުގައި އެ ވިޔަފާރިން ލިބޭ ފައިދާ ބަހާލެވޭނެއެވެ. އަދި ވިޔަފާރީގައި ލިބޭ ގެއްލުމަށް ޒިންމާވާނީ އިންވެސްޓްކުރި ފަރާތުން އެކަންޏެވެ.
"ސުކޫކް މުށާރަކާ" ކަމަށް ބުނެފައި އެވަނީ، މުށާރަކާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުށާރަކާ އަކީ ދެފަރާތުން ނުވަތަ އެއަށް ވުރެ ގިނަ ފަރާތްތަކުން، ވިޔަފާރިއެއް ހިންގުމަށްޓަކައި އެވިޔަފާރީގެ ރައުސްމާލުގެ ގޮތުގައި ފައިސާ ނުވަތަ މުދަލެއް ހިމެނޭގޮތަށް އުފައްދާ ޕާރޓްނަރށިޕެކެވެ. ދެފަރާތުން ވެސް ކުރަން ބޭނުންވާ އިންވެސްޓްމެންޓަކަށް ރައުސްމާލު ނުވަތަ ކެޕިޓަލް ފޯރުވައިދޭންވާނެއެވެ. ޕާރޓްނަރށިޕުން ލިބޭ ފައިދާ ބަހާނީ އެއްބަސްވެފައިވާ ގޮތުގެ މަތިން ޕްރޮފިޓް ށެއަރިންގ ރޭށިއޯގެ ނިސްބަތުންނެވެ. ނަމަވެސް ގެއްލުމަށް ހިއްސާކުރާނީ އެފަރާތެއްގެ ރައުސްމާލުގެ އަދަދެއްގެ ނިސްބަތުންނެވެ.
"ޓްރަސްޓް ޑީޑް" ކަމަށް ބުނެފައި އެވަނީ، ސުކޫކް ހޯލްޑަރުންގެ ފަރާތުން ސުކޫކް ޓްރަސްޓީއެއްގެ ގޮތުގައި ވަކިފަރާތެއް އައްޔަންކުރުމަށް ކަނޑައެޅޭ ލިޔުމަށެވެ. މިލިޔުމުގައި ޓްރަސްޓީގެ ގޮތުގައި އައްޔަންކުރެވޭ ފަރާތުގެ ޒިންމާތައް ބަޔާންކޮށްފައި އޮންނާނެއެވެ.
"ފެސިލިޓީ އެޖެންޓް" ކަމަށް ބުނެފައި އެވަނީ، ސުކޫކް ދޫކުރުމާބެހޭ ކަންކަމުގައި ހަރަކާތްތެރިވުމަށް، ސުކޫކް ދޫކުރާ ފަރާތުން އައްޔަންކުރާ ފަރާތަކަށެވެ. ސުކޫކް ދޫކުރުމެއްގައި އެއް ފެސިލިޓީ އެޖެންޓަށްވުރެ ގިނަ ފަރާތްތަކެއް ވެސް ސުކޫކް ދޫކުރާ ފަރާތަށް އައްޔަން ކުރެވިދާނެއެވެ.
"ސުކޫކް ހޯލްޑަރުން" ކަމަށް ބުނެފައި އެވަނީ، ސުކޫކެއް އިށޫކުރުމުން، އެ ސުކޫކެއް ގަންނަ ފަރާތްތައް އެކީ ނިސްބަތްވާގޮތަށެވެ.
"އިންފޯމޭށަން މެމޮރެންޑަމް" ކަމަށް ބުނެފައި އެވަނީ، ސުކޫކްއާ ބެހޭ މައުލޫމާތު ހާމަކުރުމަށް ނެރޭ ބަޔާނެވެ. ނުވަތަ ސުކޫކް ދޫކުރުމަށް ހަދާ ޕްރޮޕޯޒަލް ނުވަތަ ޕްރޮސްޕެކްޓަސްއަށެވެ.
"ސުކޫކް އިޖާރާ" ކަމަށް ބުނެފައި އެވަނީ، އިޖާރާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. އިޖާރާ އަކީ އެއްޗެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި މުދަލުގެ ވެރިފަރާތުން މުދަލެއް ނުވަތަ އިކުއިޕްމަންޓެއް ކުއްޔަށް ދިނުމުގެ ކުރިން ކުއްޔަށް ހިފާ ފަރާތާއެކު ކުއްޔަށްދޭ މުއްދަތާއި، ކުލި ކަނޑައަޅަންޖެހެއެވެ. އަދި ކުލީގެ މުއްދަތުގެ ތެރޭގައި ކުއްޔަށްދޭ އެތީގެ މިލްކުވެރިއަކީ ކުއްޔަށްދޭ ފަރާތެވެ.
"ސުކޫކް މުރާބަހާ" ކަމަށް ބުނެފައި އެވަނީ، މުރާބަހާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުރާބަހާ އެއްބަސްވުމަކީ މުދަލެއް/އެސެޓެއް ގަތުމަށް ފައިސާ ހޯދުމަށްޓަކައި ހިންގޭ ގަނެވިއްކުމުގެ މުއާމަލާތެކެވެ. މުރާބަހާ އެއްބަސްވުމުގެ ދަށުން މުދާ ވިއްކާ ފަރާތުން މުދާ ހޯދުމަށް ހޭދަކުރި އަގު ހާމަކޮށް، އަދި އެ އަގަށް ފައިދާގެ ގޮތުގައި އިތުރުކުރާ މިންވަރު ގަންނަ ފަރާތަށް ހާމަކުރަން ޖެހޭނެއެވެ. މި އެއްބަސްވުމުގެ ދަށުން ގަނެވިއްކާފައިވާ މުދަލުގެ/އެސެޓުގެ އަގު ގަންނަ ފަރާތުން އަނބުރައި ދައްކާއިރު ގަނޑުކޮށް ނުވަތަ އިންސްޓޯލްމަންޓުގެ ގޮތުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ މާލެ، ދިވެހިރާއްޖެ ސުކޫކް ދޫކުރުމާބެހޭ ގަވާއިދު ފައިސާ ދެއްކިދާނެއެވެ. އަދި މިމައުލޫމާތު އެއްބަސްވުމުގައި ހިމަނާފައި އޮންނަންވާނެއެވެ.