ގާނޫނީ ރަދީފު
"ކުނި އުފެއްދުން" ކަމަށް ބުނެފައި އެވަނީ، އެއްޗެއް ކުންޏަށް ބަދަލުކުރުމުގެ އަމަލަށެވެ.
"ކުނި މެނޭޖުކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި އެއްތަންކުރުމާއި، ޓްރީޓްކުރުމާއި، ބޭނުންތެރި މާއްދާތައް އިއާދަކުރުމާއި، ރީސައިކަލްކުރުމާއި، ކުނީގެ ހިދުމަތަށާއި ކުނި ނައްތާލުމަށެވެ.
"ކުނީގެ އޮޑިޓް" ކަމަށް ބުނެފައި އެވަނީ، ވަކި ހަރަކާތަކާ ގުޅިގެން އުފެދޭ ކުނީގެ ބާވަތްތަކާއި، މިންވަރާއި، ކުނީގައި އެކުލެވޭ ސިފަތަކާއި، ބައިތައް ވަޒަންކުރުމަށެވެ.
"އެއްތަންކުރުން" ކަމަށް ބުނެފައި އެވަނީ، އެކި ތަންތަނުގައި ހުރި ކުނި އެއްތަނަކަށް ޖަމާކުރުމަށް ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ މަގްސަދުގައި ވަކި ތަނަކަށް އެއްކުރާ އެއްކުރުމަށެވެ.
"އަލުން ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ތެރޭގައި ހިމެނޭ ތަކެތީގެ މާއްދީ ސިފަތަކަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި، އެ ތަކެތި ކުރިން ބޭނުންކުރި ކަމަކަށް ނުވަތަ އެހެން ކަމަކަށް ބޭނުންކުރުމަށެވެ.
"އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ" ނުވަތަ "އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ" ކަމަށް ބުނެފައި އެވަނީ، އެއްޗެއް އުފައްދާ ނުވަތަ އެތެރެކުރާ ފަރާތަކުން، އެ އެއްޗެއްގެ ބޭނުންތެރިކަން ނެތި ކުންޏަށް ބަދަލުވުމުން އެ މެނޭޖުކުރުމުގައި އަމަލީ ގޮތުންނާއި މާލީގޮތުން އުފުލަންޖެހޭ ޒިންމާއަށެވެ.
"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، މަގުމަގާއި، އިޖުތިމާއީ ގޮތުން މީހުން އެއްވެއުޅޭ ތަންތަނަށެވެ.
"ކުނި މަދުކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި އުފެއްދުން ހުއްޓުމަށާއި، ކުނި ނުއުފައްދާ ނުވާ ހާލަތެއްގައި، އެ އުފައްދާ މިންވަރާއި އޭގައި އެކުލެވޭ ނުރައްކާތެރި ސިފަތައް ކުޑަކުރުމާއެކު އުކާލާ މިންވަރު މަދުކުރުމަށް ފިޔަވަޅު އެޅުމަށެވެ.
"ސިނާއީ ކުނި" ކަމަށް ބުނެފައި އެވަނީ، ސިނާއީ ހަރަކާތްތަކާއި،ވިޔަފާރީގެ ހަރަކާތްތަކާ ގުޅިގެން އުފެދޭ ކުންޏަށެވެ. މިފަދަ ތަންތަނުންއުކާލާ ކުނީގެ ތެރޭގައި ހުންނަ އާންމު ތަންތަނުގައި އުފައްދާބާވަތްތަކުގެ ކުނިވެސް ހިމެނޭނީ ސިނާއީ ކުނީގެ ގޮތުގައެވެ.
"އާންމު ކުނި" ކަމަށް ބުނެފައި އެވަނީ، ގޯތިގެދޮރުން އުފައްދާ ކުންޏާއި، އިގްތިސާދީ ހަރަކާތްތަކުން އުފައްދާ ކުނީގެ ތެރެއިން ގޯތިގެދޮރުން އުފައްދާ ކުންޏާ އެއް ސިފަތަކެއް ހުންނަ ކުންޏަށެވެ.
"ގުދަން ކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި ޓްރީޓްކުރުމުގެ ނުވަތަ ނައްތާލުމުގެ ނުވަތަ ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމުގެ މަރުހަލާ ފެށުމުގެ ކުރިން ކުނި އެއްތަނަކަށް ޖަމާކޮށްފައި ބަހައްޓާ ބެހެއްޓުމަށެވެ.
"ތަގައްޔަރުވުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އިންސާނުން ތައާރަފުކުރާ އެއްޗެއްގެ ސަބަބުން ގުދުރަތީ މާހައުލަށް އަންނަ ކިލަނބުކަމަށެވެ.
"ކޮންސްޓްރަކްށަން ކުނި" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަރުހަލާތަކުގެ ތެރެއިން އުފެދޭ ނުވަތަ އުކާލެވޭ ފުނޑުގަލާއި ކޮންކްރީޓް ފަދަ ކުންޏަށެވެ.
"ޑިސްޕޯސްކުރުން" ކަމަށް ބުނެފައި އެވަނީ، އެންމެފަހު ފިޔަވަޅެއްގެގޮތުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށެވެ.
"ލޭންޑް ފިލްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި ނައްތާލުމުގެ ގޮތުން ބިމުގައި ނުވަތަ މޫދުގައި ކުނި ވަޅުލުމަށެވެ.