ގާނޫނީ ރަދީފު
''އާމްދަނީން ނަގާ ޓެކްސް'' ކަމަށް ބުނެފައި އެވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 25/2019) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، އަންނަނިވި ބާވަތްތަކުގެ އާމްދަނީން ނަގާ ޓެކްހެވެ:
(ހ) އުޖޫރަ؛
(ށ) ވިޔަފާރި އާމްދަނީ؛
(ނ) އުފުލޭ މުދާ ނުވަތަ ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ؛
(ރ) ޑިވިޑެންޑް؛
(ބ) އިންޓްރެސްޓް؛
(ޅ) އެނުއިޓީއާއި ޕެންށަން އަދި ރިޓަޔަރމަންޓް ބެނިފިޓް؛
(ކ) ބެނިފިށަރީންނަށް ލިބޭ އާމްދަނީ؛
(އ) ޓެކްނިކަލް ސަރވިސް ފީ؛
(ވ) ކަމިށަން؛ (މ) ރޯޔަލްޓީ؛
(ފ) އެ މުދަލަކާ ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކުރެވޭ، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ އައިރު މާއްދީ މުދަލެއް ތަސައްރުފުކޮށްގެން ލިބޭ އާމްދަނީ؛
(ދ) އެ މުދަލަކާ ގުޅިގެން ކެޕިޓަލް އެލަވަންސް އުނިނުކުރެވޭ، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ އައިރު މާއްދީ މުދަލެއް ތަސައްރުފުކޮށްގެން ލިބޭ ފައިދާ؛
(ތ) އެނޫންވެސް ގޮތަކުން ލިބޭ އާމްދަނީ (އެ އާމްދަނީ ލިބުނީ މުއާމަލާތެއްގެ މުގާބިލެއްގެ ގޮތުގައި ނޫންކަމަށް ވިޔަސް ނުވަތަ އެ އާމްދަނީ ލިބުނީ ގާނޫނާ ހިލާފަށް ނުވަތަ ހުއްދަ ނޫން ގޮތަކަށްކަމަށް ވިޔަސް).
"މަންފާ" ކަމަށް ބުނެފައި އެވަނީ، ހަދިޔާއަކަށް ނުވަތަ އަގެއް އަދާކުރުމަކުން، ނުވަތަ ފައިސާގެ އަގެއް އެކުލެވިގެން ވިޔަސް އަދި ނުވިޔަސް، މާއްދީ ނުވަތަ އައިރު މާއްދީ ކޮންމެ ބަދަލަކަށެވެ.
"ފުލް ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ޓިއުށަން ފީ ހިލޭ ލިބޭގޮތަށް ކިޔެވުން ފުރިހަމަކުރުމަށް ލިބޭ ފުރުސަތަށެވެ.
"ފުލްޓައިމް" ކަމަށް ބުނެފައި އެ ވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފުލްޓައިމް ކޯސްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ކޯސްތަކަށެވެ. އެއީ، މަދުވެގެން އަހަރަކު 120 (އެއްސަތޭކަ ވިހި) ކުރެޑިޓް އަވާރސްގެ ރޭޓުން ފުރިހަމަކުރާ ކޯސްތަކެވެ.
"އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެ ވަނީ ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކްއަށެވެ.
"މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެ ވަނީ ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކް (އެމް.އެން.ކިޔު.އެފް) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ކޯޯސްތަކަށާއި، މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް ނުވަތަ ލައިސަންސް ޕްރޮގްރާމްތަކަށެވެ.
"ސީ.އެސް ވިއުގަ" ކަމަށް ބުނެފައި އެވަނީ، ސިވިލް ސަރވިސްގެ އިދާރީ ކަންކަން އިލެކްޓްރޯނިކްގެ ޒަރީއާއިން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ އޮންލައިން ސޮފްޓްވެއަރއަށެވެ.
"ގުނަވަން" ކަމަށް ބުނެފައި އެވަނީ، ހިތް، ފުއްޕާމޭ، ފުރަމޭ، ޕެންކްރިއޭސް، ކިޑްނީ، ގޮހޮރު ނުވަތަ އެ ނޫންވެސް ޓްރާންސްޕްލާންޓްކުރުމުގެ ބޭނުމަށް ހުއްޓުމެއްނެތި ލޭ ހިނގަންޖެހޭ ގުނަވަންތަކަށެވެ.
"ބޯންމެރޯ" ކަމަށް ބުނެފައި އެވަނީ، އިންސާނާގެ ކަށީގެ ކެވިޓީގެ ތެރޭގައި ހުންނަ މަޑު މެޓީރިއަލަށެވެ.
"ކްރޮނިކް ކޮންޑިށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް ދިމާވާ ބަލިތަކަށެވެ.
- ދާއިމީ ގޮތެއްގައި ދިގުދެމިގެންދާ (ތެލަސީމިއާ ބަލި ފަދަ) ބައްޔެއް،
- ބަލީގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ބައްޔެއް،
- ނަންރިވަރސިބްލް ޕެތޮލޮޖިކަލް އަލްޓަރޭށަނެއްގެ ސަބަބުން ކުރިމަތިވާ ބައްޔެއް، ނުވަތަ
- ދިގުމުއްދަތަކަށް ސިއްހީ ފަރުވާއާއި ބެލެހެއްޓުން ބޭނުންވާ ބައްޔެއް.
"ޓަރމިނަލް އިލްނަސް" ކަމަށް ބުނެފައި އެވަނީ، ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ ފަރުވާއާ ނުލައި، ކައިރި މުސްތަޤުބަލެއްގައި މަރުވެދާނެ ފަދަ ނުވަތަ ދާއިމީ ގޮތެއްގައި ހޭނެތިދާނެ ފަދަ ރަނގަޅުނުކުރެވޭ ފަދަ ބައްޔެއް ނުވަތަ ހާލަތަކަށެވެ.
"ފުލް އޮކިއުޕަންސީ" ކަމަށް ބުނެފައި ވަނީ ޓޫރިސްޓު އުޅަނދުގައި ރަޖިސްޓަރީ ކޮށްފައިވާ އެނދުގެ އަދަދަށް ޓޫރިސްޓުން އުޅަނދުގައި ތިބެފި ނަމައެވެ.
"ޓޫރިސްޓު ބެޑް ކެޕޭސިޓީ" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމްލަ އެނދުގެ އަދަދަށެވެ.
"ހައުސް ކައުންޓް" ކަމަށް ބުނެފައިއެވަނީ، ކޮންމެ ދުވަހަކު ޓޫރިސްޓް އުޅަނދުގައި ތިބޭ ޓޫރިސްޓުންގެ އަދަދަށެވެ.
"ރެޖިސްޓްރޭޝަން ކާޑް" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންގެ މައުލޫމާތު ހޯދުމަށް ފުރާ ކާޑަށެވެ.