-

ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން

"ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.

  1. ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން؛
  2. ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ، އެ ފެންވަރުގެ ތަންތަން؛
  3. ޓިއުށަން ދޭ ތަންތަން؛
  4. ގުރްއާން ކްލާސްތައް؛
  5. ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީނު ދޭ ތަންތަން؛
  6. 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭށަނުގައި ރަޖިސްޓަރީކޮށްގެން ހިންގާ، މަތީގައިވާ ނަންބަރުތަކުގައި ހިމެނިފައިނުވާ އެހެނިހެން ތަންތަން.