-

ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓް

"ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ރޭޑިއޯ ކޮމިއުނިކޭށަނާ ގުޅޭގޮތުން ބޭނުންކުރެވޭ، ނުވަތަ ބޭނުންކުރަން ގަސްދުކުރާ ރޭޑިއޯއާއި، ރޭޑިއޯ ޓްރާންސްމިޓަރާއި، ރިސީވަރާއި، އެންޓެނާއާއި، އެތަކެތި ހަރުކުރުމަށް ބޭނުންކުރެވޭ އޮނިގަނޑާއި، ކަމާގުޅޭ އެހެނިހެން އާލާތްތަކާއި އިކުއިޕްމަންޓްތަކާއި، އަދި ރޭޑިއޯ ކޮމިއުނިކޭށަނެއް ގާއިމުކުރުމުގެ ބޭނުމަށް ނޫންކަމުގައި ވީނަމަވެސް، އެއްވެސް ކަހަލަ ރޭޑިއޯ ސިގްނަލެއް އުފައްދައި، ފޮނުވުމަށް ބޭނުންކުރެވޭ ކޮންމެ އިކުއިޕްމަންޓެއް ހިމެނޭ ގޮތަށެވެ.