ގާނޫނީ ރަދީފު
"މަންފާ" ކަމަށް ބުނެފައި އެވަނީ، ކޮރަޕްށަންގެ އަމަލަކާ ގުޅޭގޮތުން ނުވަތަ ކޮރަޕްށަންގެ ކުށަކާ ގުޅޭގޮތުން، ހޯދައިގަނެވޭ، ނުވަތަ ބަލައިގަނެވޭ، ނުވަތަ ދިނުމަށް ހުށަހަޅާ ނުވަތަ ދޭ ނުވަތަ ދިނުމަށް ބުނާ ނުވަތަ އަމުރުކުރާ، ނުވަތަ ބަލައިގަންނަ ނުވަތަ ބަލައިގަތުމަށް އެދޭ ނުވަތަ ބަލައިގަތުމަށް ހުށަހަޅާ ނުވަތަ ބަލައިގަތުމަށް އެއްބަސްވާ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް، ނުވަތަ އެއްޗެހީގެ ތެރެއިން އެއްޗަކަށެވެ.
(1) ހަދިޔާ؛ (2) ލޯނު؛ (3) ފީ؛ (4). އުޖޫރަ؛ (5) ޑިސްކައުންޓް؛ (6) ކޮމިށަން؛ (7) ފައިސާ ނުވަތަ ފައިސާއިން އަގުކުރެވޭ މުދާ؛ (8) ފައިސާއަކާ ގުޅޭގޮތުން ނުވަތަ މުދަލަކާ ގުޅޭގޮތުން އުފައްދައިދޭ ހައްގު ނުވަތަ މަސްލަހަތު؛ (9) ހުއްދަ އާމްދަނީ ފިޔަވައި އެހެން އެއްވެސް އެއްޗެއް؛ (10) މަގާމެއް ނުވަތަ ވަޒީފާއެއް ނުވަތަ ކޮންޓްރެކްޓެއް؛ (11) ތަނަކަށް އުފުލަންޖެހޭ މުދަލެއް އުފުލައިދިނުން؛ (12) ތަނަކަށް ދައްކަންޖެހޭ މާލީ ޒިންމާއަކުން ބަރީއަކޮށްދިނުން؛ (13) ދަރަނީގެ ޒިންމާއެއް ނިމުމަކަށް ގެނެސްދިނުން؛ (14) ލޯނެއް އަދާކޮށްދިނުން؛ (15) ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކޮށްދިނުން؛ (16) ތިމާ އަދާކުރަންޖެހޭ ދަރަންޏެއް އަދާކޮށްދިނުން ނުވަތަ އެއިން ބައެއް އަދާކޮށްދިނުން؛ (17) ތިމާ ހޯދާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ އަގު ނޫން ކުޑަ އަގެއް ދައްކަންޖެހުން؛ (18) ބޭނުންކުރެވެން އޮތް ހައްގެއް ބޭނުންނުކޮށް ދޫކޮށްލުން؛ (19) ބޭނުންކުރެވެން އޮތް ބާރެއް ބޭނުންނުކޮށް ދޫކޮށްލުން؛ 20 އެނޫންވެސް މަންފާ، ނުވަތަ ހިދުމަތް ނުވަތަ އެހީ.
"ރަސްމީ ހައިސިއްޔަތު" ކަމަށް ބުނެފައި އެވަނީ ދައުލަތުގެ މުވައްޒަފަކު، ރަސްމީ ގޮތުން އަދާކުރަންޖެހޭ ދައުލަތުގެ ވާޖިބެއްގެ ދަށުން ކުރާ ކަންކަމަށާއި ނުކޮށް ދޫކޮށްލާ ކަންކަމަށެވެ. ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މަންފާއެއް ދިނުމަށް ނުވަތަ ނުދިނުމަށް ދައުލަތުގެ މުވައްޒަފަކަށް، ލިބިދޭ ބާރުގެ ބޭނުންކުރުމަށާއި ބޭނުންނުކުރުމަށެވެ.
"ޖިންސީ އަމަލު" ކަމަށް ބުނެފައި އެވަނީ:
- އެހެން މީހެއްގެ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލުން ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުމަށް؛ ނުވަތަ
- އެހެން މީހެއްގެ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލެއްވުމަށް ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލެއްވުމަށް؛ ނުވަތަ
- ކުށުގެ އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ ބަޔަކަށް މަނި ފޯރުވުމަށް.
"ޖިންސީ ގުނަވަން" ކަމަށް ބުނެފައި އެވަނީ، ކުރިމަތިފަރާތް ނުވަތަ ފުރަގަސްފަރާތް ނުވަތަ އަންހެނާގެ އުރަމައްޗަށެވެ.
"މަސްތުވުން" ކަމަށް ބުނެފައި އެވަނީ، ތިމާގެ ހަށިގަނޑަށް ވާސިލުކުރެވޭ އެއްޗެއްގެ ސަބަބުން ތިމާގެ އަމަލަކުން ނުކުމެދާނެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދޭ މިންވަރަށް ތިމާގެ މާއްދީ ނުވަތަ ފިކުރީ ހިއްސުތަކަށް އުނިކަން އައުމަށެވެ.
"ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، މާބޮޑު ބޭނުމެއް ނުހިފޭ ބާވަތުގެ ނުވަތަ ވަރަށްވެސް ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަށެވެ.
"އަމަލީ ގޮތުން ޔަފީންކުރެވޭ މިންވަރަށް" ކުށް ސާބިތުވުން ކަމަށް ބުނެފައި އެވަނީ، ހެކީގެ މިންގަނޑުތަކުގެ އެންމެ މަތީ ދަރަޖައިގެ ހެކިބަހުން ސާބިތުވާ ސާބިތުވުމަށެވެ. އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ސާބިތުކުރުމަށް ބޭނުންވާކަމުގެ ތެދުކަމާމެދު އެކަށީގެން ނުވާ ގޮތުގައި އެއްވެސް ށައްކެއް އުފެދޭނެ ފުރުސަތެއް ނުދިނުމެވެ
"މެދު މިންވަރަކަށް ބައިވެރިވި މީހާ" ކަމަށް ބުނެފައި އެވަނީ، އެ ކުށްކުރުމުގައި އެހީތެރިވި މީހާގެ ދައުރަކީ އިންތިޒާމުކުރި މީހާ ނުވަތަ އިސްކޮށް ހަރަކާތްތެރިވި މީހާގެ ދައުރަށްވުރެ ކުޑަ، އެހެން ނަމަވެސް ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާގެ ދައުރަށްވުރެ ބޮޑު ދައުރެއް އޮވެގެން އެކަމުގައި ހަރަކާތްތެރިވާ މީހާއަށެވެ.
"އެކަށީގެންވާ ށައްކެއް ނެތް މިންވަރު" ނުވަތަ "އެކަށީގެންވާ މިންވަރުގެ ށައްކެއް ނުކުރެވޭނެ މިންވަރު" ކަމަށް ބުނެފައި އެވަނީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމަށެވެ.
"އެކަށީގެންވާ މިންވަރުގެ ށައްކެއް ނުކުރެވޭނެ މިންވަރު" ނުވަތަ "އެކަށީގެންވާ ށައްކެއް ނެތް މިންވަރު" ކަމަށް ބުނެފައި އެވަނީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމަށެވެ.
"ފޭރުން" ކަމަށް ބުނެފައި އެވަނީ އެހެން މީހެއްގެ މިލްކު އެއްޗެއް އެމީހާގެ ރުހުމާނުލައި ގަދަކަމުން އަތުލުމެވެ.
"މަކަރާ ހީލަތް" ކަމަށް ބުނެފައި އެވަނީ ޓެކުކަމަށް ނުހިމެނޭގޮތުން އަނެކާއަށް ހަގީގަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެ ކަމެކެވެ.
"ޓެކުން" ކަމަށް ބުނެފައި އެވަނީ، އަނެކާއަށް އެކަމުން މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދްމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނިގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުން ކުރުމެވެ.
"ވާރކްވީޒާ" ކަމަށް ބުނެފައިވަނީ، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ވާރކްޕާރމިޓް) ހޯދައިގެން ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީއަކު އޭނާ މަސައްކަތްކުރުމަށް ރާއްޖޭގައި ހުއްދަކޮށްފައިވާ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައަށެވެ.
"ގެވެށި މަސައްކަތް" ނުވަތަ "ގޭތެރޭގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ކުރާ މަސައްކަތުން އެ ގެއަކަށް އާމްދަނީ ނުލިބޭގޮތަށް ކުރާ މަސައްކަތަށެވެ.