-

ހިސާބުތައް

"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ނުވަތަ މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ދައުލަތުގެ ފައިސާއާއި އެހެނިހެން ފައިސާ، ނުވަތަ ދައުލަތުގެ މުދަލާއި އެހެނިހެން މުދާ، ނުވަތަ ފައިސާގެ މުއާމަލާތްތައް، ނުވަތަ މުދަލެއްނަމަ ފައިސާއިން ނުވަތަ އެހެން މިންގަނޑަކުން މިންކޮށްފައިވާ ތަކެއްޗާ ބެހޭގޮތުން އެއްކޮށްފައިވާ ނުވަތަ ރިކޯޑުކޮށްގެން، ނުވަތަ ލިޔުމެއްގެ ސިފައިގައި، ނުވަތަ ޗާޕުކޮށްގެން، ނުވަތަ މައިކްރޯފިލްމުގެ ގޮތުގައި، ނުވަތަ އިލެކްޓްރޯނިކްގެ ޒަރީއާއިން ބަލަހައްޓާ ރިކޯޑަށެވެ. މި މާނައިގައި، ފޮތް، ލިޔެކިޔުން، މަނިޓަރީ ފޯމު، ހުލާސާ، ވައުޗަރު، ކޮމްޕިއުޓަރ ޕްރިންޓްއައުޓް، ނުވަތަ މިނޫން އެހެން ގޮތްގޮތުން ހިސާބުކުރުމުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުން ހިމެނެއެވެ.