އާމްދަނީ
"އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ގާނޫނަކުން ބާރުލިބިގެން، ޓެކުހުގެ ގޮތުގައި ނެގޭ ފައިސާއާއި، ދައުލަތުން ކުރާ ވިޔަފާރީގެ ފައިދާއާއި، ދެވޭ ހިދުމަތެއްގެ އަގަށް ލިބޭ ފައިސާއާއި، އެކި ކަންކަމުން ދައުލަތަށް ނަގާ ފީތަކާއި، ދައުލަތުގެ މިލްކުގައިވާ އިމާރާތްތައް ނުވަތަ ބިންތައް ނުވަތަ ތަކެތީގެ ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، ދައުލަތުގެ ބިންތައް ނުވަތަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި، ޖޫރިމަނާ އަދި ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާއަށެވެ.