-

ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރި

"ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރި" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓުގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭންގައި ހިމެނޭ، އެ ރިޒޯޓުގައި ހިމެނޭ އެހެނިހެން ތަންތަނާ ވަކިން، ވަކި ބައުންޑަރީއެއް ކަނޑައެޅިފައިވާގޮތަށް އިމާރާތްކޮށްފައިވާ ކޮޓަރިއެއް ނުވަތަ އެއް ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ވިލާއާއި، އެތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެތަނުގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެއްޗަށެވެ. އަދި އެތަންތަނަކީ، ރިޒޯޓުގެ އާންމު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްތަކާއި، ރިޒޯޓަށް އަރާ ފޭބުމާއި، ކޮޓަރި ނުވަތަ ވިލާއަށް ވަދެ ނުކުތުމުގެ ހައްގު ލިބިދެވޭ ގޮތަށް ހަމަޖެހިފައިވާ ތަންތަން ކަމުގައި ވާންވާނެއެވެ.