ގާނޫނީ ރަދީފު
"ފައުންޑޭށަން ޕްރޮޓެކްށަން މެތަޑު" ކަމަށް ބުނެފައި އެވަނީ އިމާރާތެއްކުރުމުގެ ސަބަބުން ނުވަތަ ބިންގަނޑު ކޮނުމުގެ ސަބަބުން އިންވެގެން ހުންނަ އިމާރާތްތަކަށާއި ތަންތަނަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އަޅާ ސަލާމަތީ ފިޔަވަޅެކެވެ.
"ފަންނީ ފަރާތް" ނުވަތަ "ފަންނުވެރިޔާ" ކަމަށް ބުނެފައި އެވަނީ އަންނަނިވި ފަރާތްތަކަށެވެ.
- އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީ ކުރަންޖެހޭ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތެއްނަމަ އެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް؛
- އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީ ކުރަންނުޖެހޭ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތެއްނަމަ އެ ދާއިރާއާ ގުޅުން ހުރި މިނިސްޓްރީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް؛ އަދި
- އެއްވެސް އިދާރާއަކުން ރަޖިސްޓަރީ ކުރަމުންދާ ދާއިރާ އެއް ނޫން ކަމުގައިވާނަމަ، އެ ދާއިރާއިން އެކަށީގެންވާ ތަމްރީނު ހާސިލުކޮށްފައިވާ ފަރާތެކެވެ.
"މައްސަލަބަލާ ތަހްގީގުކުރާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނު ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން އަޅާ ފިޔަވަޅެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމުން އެފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު އެކުލަވާލައި ކޮމިޓީއަށެވެ.
"މާލެ" ކަމަށް ބުނެފައި އެވަނީ މާފަންނު، މައްޗަންގޮޅި، ގަލޮޅު އަދި ހެންވޭރުގެ އިތުރުން މާލޭގެ އަވަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވިލިނގިލި އާއި ހުޅުމާލެ ވެސް ހިމެނޭގޮތަށެވެ.
"ވެންޓިލޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ އިމާރާތެއްގައި ވައިދައުރުކުރަންޖެހޭނެކަމަށް ޕްލޭނިންގ ގަވާއިދަކުން ނުވަތަ ބިލްޑިންގ ކޯޑުން ކަނޑައަޅާފައިވާ ޖާގަތަކާއި އެ ޖާގަތަކުގެ ބޮޑުމިން (އަކަމީޓަރުން) އާއި އެ ޖާގަތަކުގައި ވައިދައުރުކުރުމަށްޓަކައި ހިމަނާފައިވާ ހުޅުވުންތަކުގެ ނަންބަރުތަކާއި އެ ހުޅުވުންތަކުގެ ބޮޑު މިނާއި އެ ހުޅުވުންތަކުން ވައިދައުރުވާ އިން ސައްތަ އަންގައިދޭ ތާވަލަކަށެވެ.
"ވިށުއަލް ސޮއިލް އިންސްޕެކްށަން ރިޕޯޓު" ކަމަށް ބުނެފައި އެވަނީ އިމާރާތްކުރަން ކަނޑައަޅާ ސަރަހައްދުގައި ހިމެނޭ ވެލީގައި ބަރުދަނެއް އުފުލޭނެ ވަރު ހުރި ތޯއާއި ވެލީގެ ބާވަތްތައް އެތުރިފައިވާގޮތްތައް ދެނެގަތުމަށްޓަކައި ބަލާ ބެލުމަށްފަހު އެކުލަވާލައި އިންޖިނިއަރެއް އެކުލަވާލައި ރިޕޯޓަކަށެވެ.
"އިމާރާތެއް ގައި ދިރިއުޅުމަށް ބޭނުންކުރާ ބައެއް" ކަމަށް ބުނެފައި އެވަނީ ދިރިއުޅުމަށް ބޭނުންކުރާ އެޕާރޓްމަންޓެއް، ގޭބީސީއެއް އަދި ގޭގައި އުޅޭ ފަރާތްތަކާއި އެޕާރޓްމަންޓް ތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކުގެ ބޭނުމަށް ހަދާފައި ހުންނަ ޖިމެއް، އޮފީހެއް، ލޯންޑްރީއެއް، ފާހާނާއެއް ، ބަދިގެއެއް، ސިޓިންގ ރޫމެއް، މަލްޓި ޕަރޕޯސް ރޫމެއް، ކޮޓަރިއެއް ފަދަ ތަންތަނެ
"އިމާރާތުގެ ކުރެހުމަށް ގެނެވޭ ބަދަލެއް" ކަމަށް ބުނެފައި އެވަނީ އެ އިމާރާތަކަށް ކުރެހުން ފާސްކޮށްފައިވުމާއެކު، ފާސްކޮށްފައިވާ ކުރެހުމުގެ މުއްދަތު ހަމަނުވަނީސް ސްޓްރަކްޗަރ ގެ މައި އޮނިގަނޑަށް ބަދަލެއް އައުމަކާ ނުލާ އިމާރާތުގެ ކުރެހުމުގައި ހިމެނޭ ބައިތަކަށް ގެނެވޭ ބަދަލެއް ނުވަތަ އުނިއިތުރެކެވެ.
"އޭޒް -ބިލްޓް ކުރެހުން" ކަމަށް ބުނެފައި އެވަނީ އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމަށްފަހު ހަދާފައިވާ ބާވަތް 1 ގެ އިމާރާތްނުވަތަ ބާވަތް 2 ގެ އިމާރާތެއް ހަދާ ނިމުނު އިރު ހުރިގޮތުގެ ކުރެހުމަށެވެ.
"އެއްބުރީގެ އިމާރާތް" ކަމަށް ބުނެފައި އެވަނީ ގްރައުންޑް ފްލޯރ ގެ އިތުރުން ބިމުން އުފުލިފައިވާ ފްލޯއެއް ހިމެނިފައިނުވާ އިމާރާތްތަކަށެވެ. އެގޮތުން 6 މީޓަރަށްވުރެ އުސްނޫން އިމާރާތެއްގައި ޑެކެއް އެޅިކަމުގައިވީނަމަވެސް އަދި އެ ޑެކަކީ އިމާރާތުގެ ނިސްބަތުން ކުޑަތަންކޮޅެއް ކަމުގައިވީނަމަވެސް އެ އިމާރާތަކީ އެއްބުރީގެ އިމާރާތެއް ކަމުގައި ނުބެލެވޭނެއެވެ.
"އިމާރާތްކުރުމާ ގުޅޭ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އަމަލުކުރަންވީ ވަކި ގޮތެއް ސާފުނުވާ ހާލަތްތަކުގައި، ނުވަތަ މި ގަވާއިދުގެ މަގްސަދުގައި ހިމެ ނޭ ނުވަތަ އިމާރާތްކުރުމުގެ ގާނޫނުން މި ގަވާއިދުގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަންކަމުން ކަމެއް މި ގަވާއިދުގައި ބަޔާންކޮށްފައި ނެތް ހާލަތުގައި އެކަމެއް ނިންމުމާއި އަދި އިމާރާތްކުރުމުގެ ގާނޫނާއި ހިލާފުވެގެން ހުށަހެޅޭ މައްސަލަތަކާއި ރައްކައުތެރިނޫން ތަންތަނާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތަކާއި އެފަދަ މައްސަލަތަކާއި ގުޅިގެން އަންގާ އެންގުންތައް ކަނޑައެޅުމުގައި ލަފާ ދޭ ކޮމިޓީއަށެވެ.
"ބިލްޑިންގ އިންސްޕެކްޓަރ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައިމަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި މަސައްކަތްތަކެއް ކޮށްފައިވަނީ ފާސްކޮށްފައިވާ ކުރެހުމާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރެވޭ ކެޓެގަރީއެއްގައި ރެޖިސްޓަރ ވެފައިވާ ފަރާތަކަށެވެ.
"ބިލްޑިންގ ކޯޑު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ތަފްސީލުތަކާއި، ގާނޫނުގެ ދަށުން ކުރާ އިމާރާތްތަކުގެ މަސައްކަތްތަކާއި، އިމާރަތްތަކުގައި ހުންނަންވީ މިންގަނޑު ހިމަނާ އެކުލަވާލައި ގަވާއިދަށެވެ.
"އެހެނިހެން ޖަމްއިއްޔާތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާ ގެ ފަންނީ ނުވަތަ އަމަލީ މަސައްކަތް ކުރާ ފަރާތްތަކެއް ތަމްސީލުކުރާ ޖަމްއިއްޔާތަކަށެވެ. މިސާލު: ކުއަންޓިޓީ ސަރވޭޔާޒް ޖަމްއިއްޔާއެއް ނުވަތަ ލޭބަރުންގެ ޖަމްއިއްޔާއެއް ނުވަތަ ދާއިރާއާ ގުޅޭ އިލްމީ ޕްރޮގްރާމްތަކާއި ތަމްރީނު ދިނުމުގެ މަސައްކަތްތަކާއި ހަރަކާތްތަކެއް ހިންގުމަށްޓަކައި އުފެއްދޭ ޖަމްއިއްޔާތަކެވެ.
"ފަންނީ ފަރާތްތަކުގެ ޖަމްއިއްޔާތައް" ކަމަށް ބުނެފައި އެ ވަނީ، "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގައި ބަޔާންވެގެންވާ ފަރާތްތަކާއި، އެފަދަ އެހެން ފަރާތްތަކާ ގުޅޭ ޖަމްއިއްޔާތަކަށެވެ.