-

އިބްތިދާއީ އަޑުއެހުން

"އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، މައްސަލަ ހައްލުކުރަން ހަސްމުން ބޭނުންވޭ ތޯ ނުވަތަ ނުވޭ ތޯ ސާފުކުރުމުގެ ގޮތުންނާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ބޭނުންވާނަމަ، އެކަމަށް ވަގުތު ކަނޑައަޅައި، ށަރީއަތުގެ މަރުހަލާތައް މަޑުޖައްސާލުމުގ ގޮތުންނާއި، ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމަށް އެދޭ ނަމަ، އެކަން ކަނޑައެޅުމުގެ ގޮތުންނާއި އަދި މައްސަލަ ހައްލުކުރަން ބޭނުންނުވާނަމަ، މައްސަލަ ހިންގާނެ ޓްރެކް ކަނޑައެޅުމުގެ ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނު  (ގާނޫނު ނަންބަރު 2021-32) ގެ 185 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އަޑުއެހުމަށެވެ.