ގާނޫނީ ރަދީފު
"ފަންނީ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
"ޕްރެކްޓިށަނަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަ ރީ ވެފައިވާ ފަރާތްތަކުގެ ދަފުތަރަށެވެ.
"ލައިސަންސްޑް އާކިޓެކްޓެއް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 1010/2019) ގަވާއިދުގެ ދަށުން ބާވަތް 1 ގެ އިމާރާތެއްގެ އާކިޓެކްޗުރަލް ޑިޒައިންކުރުމަށްޓަކައި ހުއްދައެއް ދީފައިވާ ފަރާތަކަށެވެ.
"ޑިޒަިންކުރި ފަރާތް" ނުވަތަ "ޑިޒައިނަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ލައިސަންސްޑް އާކިޓެކްޓުންނަށާއި ލައިސަންސްޑް އިންޖިނިއަރުންނަށެވެ.
"ސީ.ޕީ.ޑީ" ނުވަތަ ކޮންޓިނުއިންގ ޕްރޮފެށަނަލް ޑިވަލޮޕްމަންޓް ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމު ހާސިލުކުރުމަށްފަހު ރަސްމީކޮށް ހޯދާ ތަމްރީނާއި ނުރަސްމީކޮށް ހޯދާ ތަމްރީނާއި ތަޖުރިބާ ރެކޯޑުކޮށް ބެލެހެއްޓުމަށެވެ.
"ލައިސަންސްޑް އިންޖިނިއަރެއް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 1010/2019) ގެ ގަވާއިދުގެ ދަށުން ބާވަތް 1 ގެ އިމާރާތެއްގެ ސްޓްރަކްޗުރަލް ޑިޒައިންކުރުމަށްޓަކައި ހުއްދައެއް ދީފައިވާ ފަރާތަކަށެވެ.
"އާ ކިޓެކްޗުރަލް ޗެކަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ އާކިޓެކްޗުރަލް ޗެކަރުންގެ މައުލޫމާތުތައް އާންމުކުރުމަށް އެކުލަވައިލައި އާންމުކޮށްފައިވާ ދަފުތަރަށެވެ.
"ބިލްޑިންގ ޑިޒައިނަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަންނުވެރިންގެ މައުލޫމާތުތައް އާންމުކުރުމަށް އެކުލަވައިލައި އާންމުކޮށްފައިވާ ދަފުތަރަށެވެ.
- ލައިސަންސްޑް އާކިޓެކްޓުން؛
- ލައިސަންސްޑް އިންޖިނިއަރުން؛
"ރަޖިސްޓްރޭށަން ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަ ވެފައިވޭތޯ ނުވަތަ ނޫންތޯ ޔަގީން ނުވާ ހާލަތްތަކުގައި އެ ފަރާތެއް ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމުމަށް މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއަށެވެ.
"ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ރޭވިގެން ހިންގޭ މަސައްކަތަށެވެ.
"ޕޮލިސް ކޮންސޯލް" ކަމުގައި ބުނެފައި އެވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 106/2020) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރާ، މައްސަލަތަކުގައި ހިމެނޭ މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތީގެ ތެރެއިން ހެކީގެގޮތުގައި ބެލެވޭ އެންމެހައި ތަކެއްޗާއި، އެއާގުޅޭ އެންމެހައި ލިޔެކިޔުންތަކެވެ.
"އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާގައި މައްސަލައެއް ދިމާވުމުން އެކަމެއް ބެލުމަށް ކުރެވޭ މަސައްކަތްތަކަށެވެ.
"ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތީގެ ތެރެއިން އެތެރެކުރާ ތަކެތި ބޭނުންކޮށްގެން އުފައްދާ ބާވަތްތަކަށެވެ.
"ރެޑީމޭޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތަކަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ހުރުމަށެވެ.
"ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.