ގާނޫނީ ރަދީފު
"މެދު މިންވަރަކަށް ބައިވެރިވި މީހާ" ކަމަށް ބުނެފައި އެވަނީ ކުށުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، މާބޮޑު ބޭނުމެއް ނުހިފޭ ބާވަތުގެ ނުވަތަ ވަރަށްވެސް ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަށެވެ.
"އޮޑި ވަޅުބިން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރުދު ްނނަށް އެމީހެއްގެ އަމިއްލަ ކަނޑު އުޅަނދެއް ބަނުމަށް ނުވަތަ މަރާމާތު ކުރުމަށް ވަގުތީގޮތުން ދޫކުރެވޭ ބިމަށެވެ.
"އާންމު ޒަރޫރީ ބޭނުން" ކަމަށް ބުނެފައި އެވަނީ، ދުވަހުން ދުވަ ަހށް ރައްޔިތުން ކުރަންޖެހޭ މަސައްކަތުގައި ވަގުތީގޮތުން ބިމެއްގައި ކޮންމެހެން އެއްޗެއް ބަހައްޓާލަންޖެހޭ ހާލަތުގައި އެ ބޭނުމަކަށެވެ.
"އާންމު ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހޮސްޕިޓަލްތަކާއި، މަދަރުސާތަކާއި، ޓެލެކޮމިއުނިކޭށަން ޓަވަރުތަކާއި، އިންޖީނުގެތަކާއި، ފެން ޕްލާންޓްތަކާއި، ނަރުދަމާ ފަދަ އާންމު ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދެވޭ ހިދުމަތްތަކަށެވެ.
"މުރުތައްދުވުން" ކަމަށް ބުނެފައި އެވަނީ، އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި އެ އަމަލަކީ މުރުތައްދުވުމުގެ އަމަލެއްކަމާމެދު ހިލާފެއް ނެތް އަމަލެއް މުސްލިމަކު ކޮށްފިކަމުގައި ކަނޑައެޅުމަށް، އިސްލާމީ ށަރީއަތުގައި އޮންނަ އުސޫލުން ކަމާބެހޭ ށަރުއީ ކޯޓަކުން އެކަން ސާބިތުކޮށް އެގޮތަށް ކަނޑައަޅާ ހާލަތުގައެވެ.
"ކުފުރުގެ ބަސް" ނުވަތަ "ކުފުރުގެ އަމަލު" ކަމަށް ބުނެފައި އެވަނީ، އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި ވަކި އަމަލަކީ ކުފުރުގެ އަމަލެއްކަމާމެދު ނުވަތަ ވަކި ބަހަކީ ކުފުރުގެ ބަހެއްކަމާމެދު ހިލާފެއް ނެތް އަމަލަށާއި ބަހަށެވެ.
"ކުފުރުގެ އަމަލު" ނުވަތަ "ކުފުރުގެ ބަސް" ކަމަށް ބުނެފައި އެވަނީ، އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި ވަކި އަމަލަކީ ކުފުރުގެ އަމަލެއްކަމާމެދު ނުވަތަ ވަކި ބަހަކީ ކުފުރުގެ ބަހެއްކަމާމެދު ހިލާފެއް ނެތް އަމަލަށާއި ބަހަށެވެ.
"އާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، އާންމުން ހިނގާބިނގާވާ ތަންތަނާއި، އެތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސްއުޅޭ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބެވޭގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއްދީގެން ނުވަތަ އެނޫންވެސް ގޮތަކުން އާންމުންނަށް ވަދެވޭގޮތަށް ނުވަތަ ބައިވެރިވެވޭގޮތަށް ހުންނަ ތަންތަނާއި، ރޭޑިއޯ، ޓެލެވިޜަން ނުވަތަ އިންޓަރނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް އާންމުކޮށް މައުލޫމާތު ފޯރުކޮށްދޭ ނުވަތަ އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތަކަށެވެ.
ރާއްޖޭގައި ހިންގާ ވިޔަފާރި ރެލަވަންޓް" ވުން ކަމުގައި ބުނެފައި އެވަނީ އެ ވިޔަފާރި ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަށް ނުވަތަ ރައްދުވާ ފަރާތުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިތަކަކީ އެއްފަދަ ނުވަތަ އެއްގޮތް ވިޔަފާރިތަކެއް ކަމަށްވާނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަކީ ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕުގެ ވިޔަފާރީގެ ބައެއް ކަމުގައިވާނަމަ، ނުވަތަ އެ ވިޔަފާރިތައް އެނޫންވެސް ގޮތަކުން ގުޅިފައިވާނަމައެވެ.
"ހަރަދު ހިއްސާކުރާ އިންތިޒާމު" ކަމަށް ބުނެފައި އެވަނީ، އެ އެއްބަސްވުމުގެ ކޮންމެ ބައިވެރިއެއްގެ ވިޔަފާރިއަށް ވެސް މަންފާ ލިބޭނެކަމަށް ބަލައިގެން، އައިރު މާއްދީ މުދަލެއް ނުވަތަ މާއްދީ މުދަލެއް ނުވަތަ ހިދުމަތެއް، ހުރިހައި ބައިވެރިން ގުޅިގެން ޑިވެލޮޕްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ހޯދުމަށް ހިނގާ ހަރަދާއި ނަގާ ރިސްކް އެ ފަރާތްތަކުގެ މެދުގައި ހިއްސާކުރުމަށް އެއްބަސްވެވޭ އިންތިޒާމުތަކަށެވެ.
"އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި ކޮންޓްރޯލް އޮތް މުއާމަލާތެއްގެ ޓްރާންސްފަރ ޕްރައިސިންގ ކަނޑައެޅުމުގައި ބަލާނެ ކަންކަން (މިސާލަކަށް، މެތަޑް، ކޮމްޕްރަބަލްސް އަދި އެ ކަންކަމަށް ގެނެވޭނެ އެކަށީގެންވާ ބަދަލުތައް، ކުރިމަގުގައި ކުރިމަތިވެދާނެ ހާދިސާއަކާ ގުޅޭގޮތުން ހަދައިފައިވާ ކްރިޓިކަލް އެސަމްޕްށަންތައް) ކުރީ ބައިގައި ކަނޑައެޅޭ އިންތިޒާމުތަކަށެވެ.
"ކޮންޓްރޯލް އޮތް މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކު ކުރާ މުއާމަލާތަށެވެ.
"ޓެސްޓް ކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތަކަށް ޓްރާންސްފަރ ޕްރައިސިންގ މެތަޑް އެޕްލައިކުރުމުގައި އެންމެ ރިލައަބަލް ގޮތަށް އެޕްލައިކުރެވޭނެ އަދި އެންމެ ރިލައަބަލް ކޮމްޕްރަބަލް ހޯދޭނެ ފަރާތަށެވެ.
"ކޮމްޕްރަބިލިޓީ އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކީ ކުރެވޭ މުއާމަލާތެއްގައި ހުންނަ އިކޮނިމިކަލީ ރެލަވަންޓް ސިފަތައް ދެނެގަތުމަށްފަހު، މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލަތެއްގައި ހުންނަ އެފަދަ ސިފަތަކާ އަޅައިކިއުމަށެވެ. މީގެ ތެރޭގައި، ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުއާމަލާތުގައި ހުރި އެކަމަކު މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލަތެއްގައި ނެތް ކަންކަން، އަދި ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުއާމަލާތުގައި ނެތް އެކަމަކު މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލާތެއްގައި ހުރި ކަންކަން ބެލުން ހިމެނެއެވެ.
"އާމްސް ލެންތުގެ އަގު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްސް ލެންތުގެ އުސޫލުން ކަނޑައަޅާ އަގެވެ.