-

ލޯކަލް ކޮންޓެންޓް

"ލޯކަލް ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ލިބޭ ފަރާތުގެ ފުރިހަމަ ކޮންޓްރޯލުގައިވާ ބަޔަކު އުފައްދާ އުފެއްދުންތަކަށާއި، ބަޔަކު ލައްވައިނަމަވެސް، ލައިސަންސް ލިބޭ ފަރާތުގެ ބޭނުމަށް އެ ފަރާތުގެއިރުށާދުގެ މަތީން ތައްޔާރުކުރާ ތަކެއްޗަށާއި، ދިވެހި މުޖުތަމައަށް ބޭނުންހިފޭ ގޮތަށް ނުވަތަ ދިވެހި މުޖުތަމައާ ގުޅޭ ގޮތަށް ދިވެހީންގެ މިލްކުވެރިކަން އޮވެގެން އުފައްދާ ތަކެއްޗަށާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހިބަހަށް ނުވަތަ ދިވެހި ސަގާފަތަށް، ނުވަތަ ދިވެހިން ށައުގުވެރިވާ ކަންކަމާ ގުޅޭގޮތަށް ދިވެހީން ނުވަތަ ދިވެހީންގެ އިރުށާދުގެ މަތީން ދިވެހީންނަށް އުފައްދާ އެއްޗެހި ހިމެނޭ ގޮތަށެވެ. ބޭރުގެ ފަރާތްތަކުން އުފައްދައިފައި ހުންނަ ކޮންޓެންޓަކަށް ދިވެހިބަހުން އަޑުއަޅައިގެން ނުވަތަ ސަބްޓައިޓަލްކޮށްގެން އުފައްދާ ކޮންޓެންޓަކީ ލޯކަލް ކޮންޓެންޓުކަމުގައެއް ނުބެލޭނެއެވެ.