ގާނޫނީ ރަދީފު
"ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ދުންފަތާއި ދުންފަތުގެތަނޑިއާއި، ނިކޮޓިންއާއި، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހަފައިގެން ނުވަތަ ބޮއެ ގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ. މިފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް "ސެޒޭށަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅާ ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މިފަދަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށްޓަކައި ދުންފަތުގެ ބާވަތްތައްކަމަށް ނުބެލެވޭނެއެވެ.
"ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެށިނަރީއާއި އާލާތްތައް" ކަމަށް ބުނެފައި އެވަނީ، "ދުންފަތުގެ އުފެއްދުން" ކަމަށް މި ގާނޫނުގައި ބަޔާންކުރާ އެއްޗެއް އުފެއްދުމަށްޓަކައި، ދުންފަތުގެބާވަތްތައް ޕްރޮސެސްކޮށް ތައްޔާރުކުރުމުގެ މަރުހަލާތަކުގައި ބޭނުންކުރުމަށްފަރުމާކޮށް، ވިއްކުމަށް ބާޒާރަށް ނެރެފައިވާ، އަދި ހަމައެކަނި އެ ބޭނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ، މެކޭނިކަލް ނުވަތަ އޮޓޮމެޓިކް މެށިނަރީއާއި އާލާތްތަކަށެވެ. އޭގެ ތެރޭގައި، ދުންފަތް އޮމާންކުރުމަށް ނުވަތަ ދުންފަތުގެ ފަތަށް އެޑިޓިވްސް އެޅުމަށް ބޭނުންކުރާ އާލާތްތަކާއި، ދުންފަތުގެ ފަތްތަކުގެ ކަނޑޫތައް ނައްތާލުމަށް ބޭނުންކުރާ މެށިނަރީއާއި، އިތުރަށް ޕްރޮސެސްކުރުމަށްޓަކައި ފަތްތައް ކުދިކުދިކޮށް ކޮށުމަށް ބޭނުންކުރާ އާލާތްތަކާއި، ދުންފަތުގެ ތެތްކަމުގެ މިންވަރު ދަށްކުރުމަށް ބޭނުންކުރާ މެށިނަރީއާއި، ދުންފަތުގެ ވަސް ނުވަތަ ރަހަ އިތުރުކުރުމަށް ފްލޭވަރ ނުވަތަ އެޑިޓިވްސް އެޅުމަށްޓަކައި ބޭނުންކުރާ މެށިނަރީއާއި، ދުންފަތުގެ ބާވަތްތައް ޕެކްކުރުމަށް ބޭނުންކުރާ މެށިނާއި އިކުއިޕްމަންޓާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓެއް ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް، ޕެކްކުރާ މެށިނަރީވެސް ހިމެނެއެވެ. މި މާނައިގެ ތެރޭގައި، ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ގެންނ،ަ އަމިއްލަ ބޭނުމަށް ބޭނުންކުރުމަށް އުފައްދާފައި ހުންނަ އާލާތްތަކެއް ނުހިމެނެއެވެ.
"ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް ދުންފަތުގެ އިސްތިއުމާލުނުކުރާ ފަރާތްތަކަށެވެ. އަދި ކުރިން ދުންފަތުގެ އިސްތިއުމާލުކޮށްފައިވާނަމަ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލިތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވެފައިވާ ފަރާތްތަކަށެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ހިފައިގެން ދުއްވުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދަމަމު ން ނުވަތަ އެއިން ތަނަކުން ބޭރުކުރަމުން ދުއްވާ ދުއްވުމަށެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ އެފަދަ އެއްޗަކުން ވަސްދެމުމެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދ ދުން ނުވަތަ އާވި އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގައަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ބުއިން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުން ނުވަތަ މިނޫންވެސް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް ހަށިގަނޑަށް ވާސިލުކުރުމަށެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދޭ ދުން ނުވަތަ އާވި އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގަޔަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ބުއިން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުން ނުވަތަ މި ނޫން ވެސް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް ހަށިގަނޑަށް ވާސިލުކުރުމަށެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލާތް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތަކުން ބޭރުވާ ދުމާއި، އާތްވާއި އެހެން ބާވަތެއްކަމަށް ވިޔަސް ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ހަށިގަނޑަށް އެ އެއްޗެއްގެ ޒަރީއާއިން އެތެރެކުރުމަށް ބޭނުންކުރާ އެންމެހައި ތަކެއްޗަށެވެ.
"ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ އާލާތް" ކަމަށް ބުނުފައި އެވަނީ، ދުންފަތުގެ ބާވަތަކުން ބޭރުވާ ދުމާއި އާވި އަދި އެހެން ބާވަތެއްވިއަސް ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ހަށިގަނޑަށް އެ އެއްޗެއްގެ ޒަރީއާއިން އެތެރެކުރުމަށް ބޭނުންކުރާ އެންމެހައި ތަކެއްޗަށެވެ.
"ދުންފަތުގެ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއްގެ ވިޔަފާރިކުރާ ކުންފުންޏެއްގައި ނުވަތަ ފިހާރައެއްގައި ނުވަތަ މިފަދަ އެހެން ތަނެއްގައި ހިއްސާއޮތް ނުވަތަ މިފަދަ ތަނެއްގައި ވަޒީފާ އަދާކުރާ ނުވަތަ މިފަދަ ތަންތަނުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ށާމިލްވާ ފަރާތަކަށެވެ. އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މައިންބަފައިންގެ ނުވަތަ ދަރިއަކީ ދުންފަތުގެ ވިޔަފާރިކުރާ ފަރާތެއްނަމަ އެފަދަ ފަރާތަކީ ދުންފަތުގެ ވިޔަފާރިއާ ގުޅުންހުރި ފަރާތެއް ކަމުގައި ވާނެއެވެ. ދުންފަތުގެ ބާވަތްތައް އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ގުދަންކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައްވެސް މީގެ ތެރޭގައި ހިމެނޭނެއެވެ. ތަންފީޒީ އިދާރާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ވަޒީފާގެ ޒިންމާއެއްގެ ގޮތުގައި ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން ކުރާ މުއާމަލާތްތައް މީގެ ތެރެޔަކު ނުހިމެނެއެވެ.
"ދުންފަތުގެ ދުން" ކަމަށް ބުނެފައި އެވަނީ، ދުުންފަތުގެ އިސްތިޢުމާލުކުރުމުގެ ތެރެއިން ބޭރުވާ ދުމާއި އާތްވާއި އެނޫންވެސް އެންމެހައި މާއްދާތަކަށެވެ.
"ދުންފަތް" ކަމަށް ބުނެފައި އެވަނީ، ދުންފަތް ގަހުގެ ހުރިހާ ބާވަތެއްގެ ގަހާއި އެ ގަސްގަހުގެ ފަތަށެވެ.