ދުންފަތުގެ ބާވަތްތައް
"ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ދުންފަތާއި ދުންފަތުގެތަނޑިއާއި، ނިކޮޓިންއާއި، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހަފައިގެން ނުވަތަ ބޮއެ ގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ. މިފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް "ސެޒޭށަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅާ ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މިފަދަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށްޓަކައި ދުންފަތުގެ ބާވަތްތައްކަމަށް ނުބެލެވޭނެއެވެ.