ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެށިނަރީއާއި އާލާތްތައް
"ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެށިނަރީއާއި އާލާތްތައް" ކަމަށް ބުނެފައި އެވަނީ، "ދުންފަތުގެ އުފެއްދުން" ކަމަށް މި ގާނޫނުގައި ބަޔާންކުރާ އެއްޗެއް އުފެއްދުމަށްޓަކައި، ދުންފަތުގެބާވަތްތައް ޕްރޮސެސްކޮށް ތައްޔާރުކުރުމުގެ މަރުހަލާތަކުގައި ބޭނުންކުރުމަށްފަރުމާކޮށް، ވިއްކުމަށް ބާޒާރަށް ނެރެފައިވާ، އަދި ހަމައެކަނި އެ ބޭނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ، މެކޭނިކަލް ނުވަތަ އޮޓޮމެޓިކް މެށިނަރީއާއި އާލާތްތަކަށެވެ. އޭގެ ތެރޭގައި، ދުންފަތް އޮމާންކުރުމަށް ނުވަތަ ދުންފަތުގެ ފަތަށް އެޑިޓިވްސް އެޅުމަށް ބޭނުންކުރާ އާލާތްތަކާއި، ދުންފަތުގެ ފަތްތަކުގެ ކަނޑޫތައް ނައްތާލުމަށް ބޭނުންކުރާ މެށިނަރީއާއި، އިތުރަށް ޕްރޮސެސްކުރުމަށްޓަކައި ފަތްތައް ކުދިކުދިކޮށް ކޮށުމަށް ބޭނުންކުރާ އާލާތްތަކާއި، ދުންފަތުގެ ތެތްކަމުގެ މިންވަރު ދަށްކުރުމަށް ބޭނުންކުރާ މެށިނަރީއާއި، ދުންފަތުގެ ވަސް ނުވަތަ ރަހަ އިތުރުކުރުމަށް ފްލޭވަރ ނުވަތަ އެޑިޓިވްސް އެޅުމަށްޓަކައި ބޭނުންކުރާ މެށިނަރީއާއި، ދުންފަތުގެ ބާވަތްތައް ޕެކްކުރުމަށް ބޭނުންކުރާ މެށިނާއި އިކުއިޕްމަންޓާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓެއް ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް، ޕެކްކުރާ މެށިނަރީވެސް ހިމެނެއެވެ. މި މާނައިގެ ތެރޭގައި، ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ގެންނ،ަ އަމިއްލަ ބޭނުމަށް ބޭނުންކުރުމަށް އުފައްދާފައި ހުންނަ އާލާތްތަކެއް ނުހިމެނެއެވެ.