ގާނޫނީ ރަދީފު
"މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއްގައި ދޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގުރާމްތަކަށާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ބަޔާންކޮށްފައިވާ، އަދި އެ ސްޓޭންޑަޑަށް ތައްޔާރުކޮށް ހިންގާ،މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.
"ރިޒޯޓު" ކަމުގައި ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ރަށަކަށް، ނުވަތަ ރަށެއްގެ ތެރެއިން އެގޮތަށް ހާއްސަކޮށްފައިވާ ސަރަހައްދަކަށެވެ.
"ޑޭޓާ މެސެޖު" ނުވަތަ "މެސެޖު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ރައްކާކުރެވިފައިވާ މައުލޫމާތަކަށެވެ.
"އޮރިޖިނޭޓަރު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް މުއާސަލާތެއްގެ އެއްވެސް މިންވަރެއް ރައްކާކޮށްފައިވާނަމަ، އެ އިލެކްޓްރޯނިކް މުއާސަލާތު ރައްކާކުރުމުގެ ކުރިން، އެ އިލެކްޓްރޯނިކް މުއާސަލާތެއް ފޮނުވި ނުވަތަ ޖެނެރޭޓްކުރި ފަރާތް ނުވަތަ އެފަދަ ފަރާތެއް ތަމްސީލުކުރި ފަރާތަކަށެވެ. ނަމަވެސް، އެ މާނައިގެ ތެރޭގައި އިލެކްޓްރޯނިކް މުއާސަލާތަކާ ގުޅިގެން މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވާ ފަރާތެއް ނުހިމެނޭެއެވެ.
"މެސެޖު އެޑްރެސްކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އޮރިޖިނޭޓަރު ފޮނުވި އިލެކްޓްރޯނިކް މުއާސަލާތް ރައްދުކުރުމަށް އޮރިޖިނޭޓަރު ގަސްދުކުރާ ފަރާތަކަށެވެ. ނަމަވެސް، އެ މާނައިގެ ތެރޭގައި، އެ އިލެކްޓްރޯނިކް މުއާސަލާތާ ގުޅިގެން މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެއް ނުހިމެނޭެއެވެ.
"ތަފާތުނުކުރުން" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ މުއާމަލާތްތައް، ހަމައެކަނި އިލެކްޓްރޯނިކް ސިފައެއްގައި އޮތުމުގެ ސަބަބުން، ކަރުދާހުން ކުރެވޭ މުއާމަލާތަކާ ތަފާތުކުރުމެއްނެތި އިލެކްޓްރޯނިކް މުއާމަލާތަކަށް ލިބިދޭން ޖެހޭ ގާނޫނީ ހައިސިއްޔަތު ލިބިދިނުމަށް އެއްވެސް އިއުތިރާޟެއް ނެތުމަށާއި، އިލެކްޓްރޯނިކް މުއާމަލާތްތައް ކަރުދާހުން ކުރެވޭ މުއާމަލާތްތަކާ އެއްވެސް ސިފައެއްގައި ތަފާތުނުކުރުމަށެވެ.
"އިންޕުޓް އެރަރ" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ސިސްޓަމެއް ނުވަތަ އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމަކަށް ޑޭޓާ އެންޓަރކުރާ މަރުހަލާގައި، އެ ޑޭޓާ އެންޓަރކުރާ ފަރާތަށް ޑޭޓާ އެންޓަރކުރުމުގައި ހެދ އެއްވެސް ކަހަލަ ގޯހެއް ނުވަތަ ކުށަކަށެވެ.
"ކްރިއޭށަން ޑޭޓާ" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔެއް އުފެއްދުމަށް ބޭނުންކުރާ ޑޭޓާއަށެވެ.
"ފަންކްށަނަލް އިކުއިވެލަންސް" ކަމަށް ބުނެފައި އެވަނީ، ކަރުދާހުން ކުރެވޭ މުއާމަލާތްތަކާ އެއްހަމައަކުން އަދި އެއްގޮތަކަށް އިލެކްޓްރޯނިކް މުއާމަލާތްތަކާ މެދުގައިވެސް އަމަލުކުރުމުގެ އުސޫލަށެވެ.
"މެސެޖު" ނުވަތަ "ޑޭޓާ މެސެޖު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ރައްކާކުރެވިފައިވާ މައުލޫމާތަކަށެވެ.
"ޓްރަސްޓްގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔާއި، އިލެކްޓްރޯނިކް ޓައިމް ސްޓ މްޕާއި، އިލެކްޓްރޯނިކް ރަޖިސްޓަރޑް ޑެލިވަރީއާއި، އިލެކްޓްރޯނިކް އާކައިވްކުރުން ހިމެނޭ ގޮތުން، ޑޭޓާގެ ފެންވަރުގެގޮތުން އެކަށީގެންވާ މިންވަރަކަށް ބަރޯސާވެވޭނެ އިލެކްޓްރޯނިކް ހިދުމަތަކަށެވެ.
"ވޯލްޑް ޑޭޓާބޭސް އޮން ޕްރޮޓެކްޓެޑް އޭރިއާސް" ކަމުގައި ބުނެފައި އެވަނީ، ދުނިޔޭގައި ހިމާޔަތްކޮށްފައިވާ އަދި މެނޭޖުކޮށްފައިވާ އެންމެހާ ސަރަހައްދުތައް އެއްތަނަކުން ފެންނަ ގޮތަށް ޔުނައިޓެޑް ނޭށަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ވާލްޑް ކޮންޒަވޭށަން މޮނިޓަރިންގ ސެންޓަރުން ބަލަހައްޓަމުންދާ ޕޯޓަލަށެވެ.
"ރިޒޯޓުގެ ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށް، ނުވަތަ ފަޅުގެ ސަރަހައްދު ނުވަތަ ފަރުގެ ސަރަހައްދު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުން ހަމަޖައްސާ ފަރާތަށެވެ.
"ރެޖިސްޓަރޑް ސަރވޭ ޓީމް" ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ސާރވޭޔަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ސާރވޭޔަރ ހިމެނޭގޮތަށް އެކުލަވައިލައިފައިވާ ޓީމަކަށެވެ.
"އަދަރ އިފެކްޓިވެ އޭރިއާ ބޭސްޑް ކޮންޒަވޭށަން މެށަރސް (އޯ.އީ.ސީ.އެމް)" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފިޔަވައި، އެ ސަރަހައްދެއް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމުގެ ސަބަބުން ދިރޭތަކެއްޗާއި މާހައުލީ ނިޒާމުތައް ރައްކައުތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، އެކިއެކި މަންފާތަކާއި ބޭނުންތަކަށް (ސަގާފީ ބޭނުންތަކާއި، އިޖުތިމާއީ ބޭނުންތަކާއި، އިގްތިސާދީ ބޭނުންތަކާއި، އެހެނިހެން ބޭނުންތަކަށް ) މަގުފަހިކުރުވާ ވަކި ސަރަހައްދުތަކެކެވެ.