ގާނޫނީ ރަދީފު
"ޕޯޓް އޮޕަރޭޓަރ" ކަމަށް ބުނެފައި އެވަނީ، މުދާ ބަލައި ފާސްކޮށް ކްލިއަރކުރުމުގެ އިންތިޒާމު ހަމަޖެހިފައިވ،ާ ކަނޑުގެ ރަސްމީ ބަނދަރުތަކަށާއި ވައިގެ ރަސްމީ ބަނދަރުތަކަށެވެ.
(ހކ) "ޕޯޓްފޯލިއޯ" ކަމަށް ބުނެފައި އެވަނީ، މުދައްރިސުން ފުރިހަމަކުރުމަށް ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުން ކަނޑައަޅައިފައި ވާ ކަންތައްތައް ފުރިހަމަކޮށް ރިކޯޑުކުރަން ބޭނުންކުރާ ލިޔެކިޔުންތަކަށެވެ.
"ޕްރައިވެޓް އައިލެންޑް" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްށީކޮށް، ކުއްޔަށްދީ، ހިންގުމަށް ކަނޑައަޅާފައިވާ ވަކި ފަޅެއް ހިއްކައިގެން ހަދާ ރަށެއް، އެ ރަށެއް ތަރައްށީކުރަން ހަވާލުކުރެވޭ ފަރާތަކުން، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްށީކޮށް، އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމަށް ތަރައްށީކުރާ ޓޫރިޒަމުގެ ރަށަކަށެވެ.
"ޕްރައިވެޓް އެންޓިޓީ" ކަމަށް ބުނެފައި އެ ވަނީ، ހަމައެކަނި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގައިދުނުވާ ގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ށަހުސުތަކަށެވެ.
- ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ވިޔަފާރި ހިންގާ ފަރާތްތައް؛
- ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތައް؛
- ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތައް؛
- ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރށިޕްތައް؛
- ގާނޫނު ނަންބަރު 2024-11 (ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު) ގެ ދަށުން ހުއްދަ އަދި ލައިސަންސް ލިބިގެން ވިޔަފާރި ހިންގާ ފަރާތްތައް؛
- ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމުއިއްޔާތައް.
"ޕްރައިވެޓް ފައުންޑޭށަން" ކަމަށް ބުނެފައި އެވަނީ، ފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަންގެ ހަރަކާތްތަކަށް ފައުންޑޭށަން އުފައްދާ ފަރާތުން ނުވަތަ ބަޔަކު ފައިސާ ހޯދައިގެން ހިންގާ ފައުންޑޭށަނަށެވެ.
"ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ސެކިއުރިޓީޒް ދޫކުރުމާއި ލިސްޓުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ކަނޑައަޅައިފައިވާ އޮނިގަނޑަށް ނުވަތަ ވަސީލަތަށެވެ.
"ޕްރައިވެޓް ޕާކިންގ" ކަމަށް ބުނެފައި އެވަނީ، ޕާކިންގ އިމާރާތްތަކުން 3 (ތިނެއް) ފުރޮޅުލީ ނުވަތަ 4 (ހަތަރެއް) ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީކުރުމަށް ގަރާޖެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް އާންމު ފަރާތްތަކަށް ވިއްކުމަށް ކަނޑައަޅައިފައި ހުންނަ ޕާކިންގ ޖާގަތަކަށެވެ.
"ޕްރައިވެޓްކޮށް ވިއްކާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ކަނޑައެޅޭ ވަކި ބަޔަކަށް ސެކިއުރިޓީޒް ގަތުމުގެ ދައުވަތު ދީ އަދި އެގޮތުން ވިއްކާ ސެކިއުރިޓީޒް ސް ޓޮކް އެކްސްޗޭންޖުގެ ހަމައެކަނި ޕްރައިވެޓް ޕްލޭސްމަންޓް ސެގްމަން ޓުގައި ލިސްޓުކޮށްފައިވާ ފަރާތްތަކަށެވެ.