ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ދައުލަތުގެ އިދާރާ
"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، އަދުލު އިންޞާފު ގާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަޤިއްލު މަގާމުތަކާއި، ސަލާމަތީ ޚިދުމަތްތަކާއި، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއްމެ ހިމެނޭ ގޮތުންނެވެ.
މައިންބަފައިން
"މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމަ އަދި ބައްޕައަށެވެ.
އިހުމާލުވުން (ކުޑަކުދިންނަށް)
"އިހުމާލުވުން" ކަމަށް ބުނެފައި އެވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިއަކު ނުވަތަ އެކުއްޖާ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ކުރުމަތިކުރުވާފަދަ އެންމެހައި އަމަލުތައް ނުވަތަ އެފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެފަދަ އަމަލުތަކަށެވެ.
ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ
"ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ" ކަމަށް ބުނެފައި އެވަނީ، ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަށެވެ.
ކުއްޖާގެ ބައްޕަ
"ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) ގެ ދަށުން ސައްހަ ކައިވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކައިވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިއާންކޮށްފައިނުވާ ފިރިހެނާއަށެވެ.
ކުއްޖާގެ މަންމަ
"ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެވަނީ، އެކުއްޖާ ބަނޑުއަޅާ ވިހެއި މައިމީހާއަށެވެ.
ބެލެނިވެރިޔާ
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުޢީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ނަފްސާނީ އަނިޔާ
"ނަފްސާނީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ފެންނަ ފެނުމުގައި ކުއްޖާގެ ސިކުނޑީގެ ނުވަތަ ކުއްޖާ ނަފްސާނީގޮތުން މަސައްކަތްކުރުމުގައި ނުކުޅެދުންތެރިކަމެއް ހުރި ކަމަށް ގަބޫލުކުރެވޭނަމަ އަދި އެ ހާލަތު މެދުވެރިވެފައިވަނީ ކުއްޖާއަށް މީހެއްގެ ފަރާތުން ދޭ ނަފްސާނީ އަނިޔާއެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކުއްޖާގެ އުޅުމުގައި ނުވަތަ ކުއްޖާގެ ސިކުނޑީގައިވާ އުނިކަމާއި، އެންޒަޔަޓީއާއި، ޑިޕްރެށަންއާއި، އެކަނިވެރިވުމާއި، ރުޅިގަދަވުމާއި ހެދިބޮޑުވުމުގައި ލަސްވުން ފަދަ ކަންކަމާއި އެނޫންވެސް ނަފްސާނީ އަނިޔާއެއް ލިބިފައިވާކަން ދަލީލުކޮށްދޭ ކަންކަމަށެވެ.
ކުޑަކުއްޖެއް ނުވަތަ ކުއްޖާ
"ކުޑަކުއްޖެއް" ނުވަތަ "ކުއްޖާ" ކަމަށް ބުނެފައި އެވަނީ މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ.
ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް
"ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތް ދޭ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.
ޕޯސްޓުގެ ހިދްމަތް
"ޕޯސްޓުގެ ހިދްމަތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތްވެސް ހިމެނޭ ގޮތަށެވެ.
ޕޭމަންޓް އަސާސް
"ޕޭމަންޓް އަސާސް" ކަމަށް ބުނެފައި އެވަނީ، ދޭ ހިދުމަތްތަކުގެ އަގު، އިންވޮއިސް އަސާސްގެ މައްޗަށް ބިނާކޮށް އަދި، ލިބިގަންނަ ހިދުމަތްތަކުގެ އަގު، ދައްކާ ފައިސާގެ މައްޗަށް ބިނާކޮށްގެން ޓެކްސް ދައްކަންޖެހޭ ހިސާބުތައް ހެދުމަށެވެ.
ޓޫރިސްޓެއް
"ޓޫރިސްޓެއް" ނުވަތަ "ގެސްޓެއް" ނުވަތަ "ފަތުރުވެރިއެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ގާނޫނު ނަންބަރު1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަނާބެހޭ ގާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވީޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.
ޓޯޗަރ
"ޓޯޗަރ" ކަމަށް ބުނެފައި އެވަނީ، މާއްދީ އަނިޔާއާއި ޖިސްމާނީ އަނިޔާއާއި ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުތަކަށެވެ.
މޭޖަރ ހިއްސާދާރެއް
މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ވަކި ށަހުސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީ އަށް ގަބޫލުކުރެވޭގޮތުގައި އެ ށަހުސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.