-

ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ ހާލަތްތައް

"ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ ހާލަތްތައް" ކަމަށް ބުނެފައިވަނީ އަންނަނިވި ހާލަތްތަކުގައި ވަކިގޮތަކަށް އަމަލުކުރަންޖެހުން ނުވަތަ "ބާރުގެ ބޭނުންކުރަން ޖެހޭ ޖެހުމަށެވެ: (1) ލިބިދާނޭކަމަށް ބެލެވުނު ގެއްލުން ނުވަތަ، ކޮށްފާނޭކަމަށް ބެލެވުނު ނުރަނގަޅު އަމަލުން ސަލާމަތްވުމަށްޓަކައި ހިންގި އަމަލަކީ ނުވަތަ ކުރިކަމަކީ ފަހުގެ ވަގުތެއްގައި ކުރިކަމަކަށްވާނަމަ، އެ ގެއްލުމުން، ނުވަތަ އެ ނުރަނގަޅު އަމަލުން ސަލާމަތްވެވޭނެ ފުރުސަތު ފަހުން ނުލިބުން؛ އަދި (2) ލިބިދާނޭކަމަށް ބެލެވުނު ގެއްލުން ނުވަތަ ކޮށްފާނެކަމަށް ބެލެވުނު ނުރަނގަޅު އަމަލު، އޭނާ އަމަލުކުރި ގޮތަށް ވުރެ ލުއި ގޮތަކަށް އަމަލުކޮށްގެން ހުއްޓުވެން ނެތުން.