-

އިހުމާލު

އަންނަނިވި ހާލަތްތަކުގައި، ކުށުގެ މަގްސަދުގެ ރުކުނާ ގުޅޭގޮތުން މީހަކު އިހުމާލުވެއްޖެކަމުގައި ބެލެވޭނެއެވެ (1) މަގްސަދުގެ ރުކުން އެބައޮތްކަން ނުވަތަ އޭނާގެ އަމަލުން އެރުކުން މެދުވެރިވެދާނެކަމުގެ ނުރައްކާ ބޮޑުކަމާއި، އެ ނުރައްކަލާ ކުރިމަތިލާންޖެހޭ މަގްބޫލު ސަބަބެއް ނެތްކަން އޭނާއަށް އެނގެންޖެހޭފަދަ މަގާމެއްގައި ހުރުން؛ (2) އޭނާ ކުރި އަމަލުގެ ޒާތަށާއި މަގްސަދަށް ބަލާއިރު އަދި އޭނާއަށް އެނގިގެންވާ ހާލަތްތަކަށް ބަލާއިރު، އެފަދަ އަމަލަކުން ނުކުމެދާނެ ނުރައްކަލުގެ ޒާތާއި މިންވަރު ވިސްނައިނުގަނެވުމަކީ، އެފަދަ ހާލަތެއްގައި ހުރި މީހަކު އަމަލުކުރާނެކަމަށް ގަބޫލުކުރެވޭ ހަމަތަކާ މުޅިން ތަފާތު ގޮތަކަށްވުން.